އައު އަހަރާއެކު މިފްކޯ މަސް ދަޅުގެ އަގުވެސް ހެޔޮވެއްޖެ

މިފްކޯ މަސްފިހާރަ -- ފޮޓޯ: ސަން އޮންލައިން މިފްކޯ މަސްފިހާރަ -- ފޮޓޯ: ސަން އޮންލައިން

މި ބަދަލާއެކު މިފްކޯގެ ފަސްމީރު އުފެއްދުންތަކުގެ ތެރެއިން ތެޔޮ މަސްދަޅު ކޭހެއް 575 ރުފިޔާ އަށް އަދި މަސްދަޅެއް 12.25 ލާރި އަށް ލިބިގެންދާނެ އެވެ. މިއީ ކޭހަކުން ބަލާނަމަ 65 ރުފިޔާގެ ހެޔޮވުމެކެވެ. މީގެކުރިން ތެޔޮ މަސްދަޅު ކޭހެއް 640 ރުފިޔާއަށް ވިއްކަމުންދިޔައިރު ތެޔޮ މަސްދަޅެއް ވިއްކާފައިވަނީ 13.05 ލާރިއަށެވެ.

ފަސްމީރު ފެން މަސްދަޅުގެ ކޭހެއްގެ އަގުންވެސް ވަނީ 65 ރުފިޔާ ހެޔޮކޮށްފަ އެވެ. މިހާރު ފެން މަސްދަޅު ކޭހެއް 530 ރުފިޔާ އަށް ލިބޭއިރު މީގެކުރިން ފެން މަސްދަޅު ކޭހެއް ވިއްކަމުންދިޔައީ 595 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ މި ބަދަލު ގެނެސްފައިވަނީ މަސްވެރިންގެ އަތުން މަސް ގަތުމަށް ނަގަމުންދިޔަ އަގުތަކަށް އައިސްފައިވާ ބަދަލުގެ ސަބަބުންކަމަށެވެ. 

އައު ސަރުކާރާއެކު މިފްކޯ ނަގައި ކޮޅަށްޖެހުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މީގެ 30 އަހަރުކުރިން ޖަޕާން ސަރުކާރުގެ އެހީގައި ޤާއިމްކުރި މިފްކޯގެ ވަސީލަތްތައް އެއްވެސް ސަރުކާރަކުން އަޕްގްރޭޑްކޮށްފައިނުވާއިރު، މިފްކޯގެ ވަސީލަތްތަށް އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ބޮޑުކުރުމަށް ނިންމާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު