އެސްޓިއޯއިން ބިސް, އަލުވި އަދި ފިޔާގެ އަގު ހެޔޮކޮށް، އަގުތަށް އާންމުކޮށްފި

ސަދާ ސައީދު
ފޮޓޯ: އަވަސް

ރޯދައާ ދިމާކޮށް އެސްޓީއޯއިން އަލުތްވާއި ފިޔާ އަދި ބިސް ރީޓޭލްކޮށާއި ހޯލްސޭލްކޮށް ވިއްކާނެ އަގުތައް އާންމުކޮށްފި އެވެ. 

އެސްޓީއޯ ސުޕަމާޓުން ރޯދައަށް ފިޔާ އާއި އަލުވި އަދި ބިސް ވިއްކަން ފަށާފައި ވާއިރު އެސްޓީއޯ ރީޖަނަލް ފިހާރަތަކުން މި ތަކެތި ވިއްކަން ފަށާނީ މި މަހުގެ 27 އިން ފެށިގެނެވެ.  އެސްޓީއޯއިން ބުނި ގޮތުގައި، އެހެނިހެން އަހަރުތަކާ ހިލާފަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ފިޔަ އާއި އަލުވި އަދި ބިސް ގަތުމުގެ ކުރިން އިންތިޒާމެއް ވެސް މިފަހަރު ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.

އެ ގޮތުން މިއަދުން ފެށިގެން އެ، ކުންފުނީގެ ފިހާރަތަކުން ރީޓޭލްކޮށް ފިޔާ ކިލޯއެއް 7ރ. އަށް ވިއްކާނެ އެވެ. އަލުވި ކިލޯއެއް 8.50 ރ. ވިއްކާނެ އިރު ބިހެއް 1.50ރ. ވިއްކާނެ އެވެ. ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 141 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 180 ރުފިޔާއަށެވެ. ބިސް ކޭހެއް 270 ރުފިޔާ އަށެވެ.  

މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހަށްވުރެ މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 131 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު
މަރީ
ބިސް ކޭހެއް 270 ރުފިޔާ އަށެވެ. މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހަށްވުރެ މަތިން ނަގާ ފަރާތްތަކަށް ބިސް ކޭހެއް ވިއްކާނީ 960 ރުފިޔާއަށެވެ.
ީގދ
ބިސްވަކިންގަތީމަމާރަންގަޅު
އަހުމަދު
މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހަށްވުރެ މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 131 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކާނީ 960 ރުފިޔާއަށެވެ
އަހުމަދު
މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހަށްވުރެ މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 131 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކާނީ 960 ރުފިޔާއަށެވެ
ާަކުށެއް
ދެން ލިޔުމުގަ އެވަރު ކުށެއް އިންދެދާނެ އެއްނު.960 އެއް ނޫން 260