މެރަދޫ ރިސޯޓު ރީ-ބްރޭންޑް ކުރުމަށްފަހު އަލުން ހުޅުވައިފި

އާމިނަތު އަޙުމާ
ފޮޓޯ: ރެފްލްސް.ކޮމް

ގއ.މެރަދޫގައި ޖުމައިރާ ދެވަނަފުށިގެ ނަމުގައި ކުރިން ޚިދުމަތްދެމުން އައި ރިސޯޓް "ރެފްލްސް މޯލްޑިވްސް" އަށް ބަދަލުކޮށް ރީ-ބްރޭންޑްކޮށް ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

ރެފްލްސް މޯލްޑިވްސްގެ ނަމުގައި އެ ރިސޯޓު ރީ-ބްރޭންޑްކޮށް ޚިދުމަތްދޭން ފަށައިފައިވަނީ މި ހިނގާ މެއިމަހުގެ 9 ވަނަ ދުވަހުން ފެށިގެންކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިސޯޓު އަލުން ހުޅުވައިފައިވަނީ 21 އައިލެންޑް ވިލާ އާއެކު 16 އޯޝަން ވިލާ ހެދުމަށްފަހުގައެވެ. ބަޓްލާގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުރުމުގެ އިތުރުން، ވޯޓަރ ސްޕޯޓްސް ކުޅުމުގެ އިންތިޒާމްތައްވެސް ރެފްލްސް މޯލްޑިވްސްގައި ވަނީ ހަމަޖައްސައިފައެވެ.

މިހާރު އަލަށް ދޭން ފަށައިފައިވާ ޚިދުމަތްތަކުގެ ތެރެއިން ޔޯގާގެ ޚިދުމަތްދޭން ފަށައިފައިވާ ކަމަށް ފާހަގަ ކުރެވެއެވެ. 

ރެފްލްސް މޯލްޑިވްސް އަކީ ސިންގަޕޫރުގެ އެންމެ ވަރުގަދަ ހޮޓެލް ޗެއިންއެއް ކަމަށްވާ އެކޯ ހޮޓެލްސްއިން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ރިސޯޓެވެ.

ކިޔުންތެރިންގެ ހިޔާލު