ވިޔަފާރި އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަދާ ސައީދު
އިކްނޮމިކް މިނިސްޓްރީ

ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް ދިމާވާ ދަތިތަކުގައި އެހީތެރީކަން ފޯރުކޮށްދޭން ޗައިނާއިން އެއްބަސްވެއްޖެއެވެ.

އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ސޮއި ކުރެއްވީ މާކެޓް ރެގިއުލޭޝަން އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރު ޒޭންގް މާއޯ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ޗައިނާއާއިއެކު ވެވުނު މި އެއްބަސްވުމުގެ ސަަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރީގައި ހިމެނޭ ދާއިރާތަކުގެ އެކްސްޕާޓުންނާއެކު ރާއްޖެއަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޭގެ ސަބަބުން ރާއްޖޭގެ ފަންނީ ދާއިރާތަކަށް ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށާއި ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމުގައި ޗައިނާ ފަދަ ބޮޑު ގައުމެއްގެ ތަޖުރިބާ މުހިންމު ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދުވި އެހީތެރިކަން ފޯރުކޮށް ދިނުމު އެއްބަސްވުމުގެ ދަށުން ވޯކްޝޮޕްތައް ބާވައި ކަނޑައެޅޭ ދާއިރާތަކަށް ދެ ގައުމުން މަޝްވަރާ ކުރާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުން އައި ގާތް ގުޅުމުގެ ސިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް ޗައިނާއާއެކު އޮތް ގުޅުން ހީނަރުވިޔަ ނުދިނުމަށް މަސައްކަތްތައް ވަނީ ފަށާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު