ގިނަ ރެސްޓޯރެންޓްތަކެއްގެ އިފްތާރު މެނޫ އެއްތަނަކުން ބަލާލުމަށް "ޖަޒީރާ ރޯދަ މެނޫ"

ޢަލީ ޔާމީން

ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކެއްގެ އިފްތާރު މެނޫ ފަސޭހަކަމާއިއެކު އެއްތަނަކުން، ބެލޭނެ ސެގްމެންޓެއް "ޖަޒީރާ ނިއުސް"އިން ތަޢާރަފްކޮށްފިއެވެ.

"ޖަޒީރާ ރޯދަ މެނޫ" ގެ ނަމުގައި ތައާރަފްކުރެވުނު މި ސެގްމެންޓުން މާލޭ އަދި ހުޅުމާލޭގެ ގިނަ އަދަދެއްގެ ކެފޭ/ ރެސްޓޯރެންޓްތަކުގެ އިފްތާރު މެނޫ ފެންނަން ހުންނާނެއެވެ.

"ޖަޒީރާ ނިއުސް"ގެ މެނޭޖިންގ އެޑިޓަރ އަލީ ޝިފާޒް ވިދާޅުވީ، ރޯދަ މެނޫ ސެގްމެންޓްގެ މަޤުސަދަކީ، "ޖަޒީރާ ނިއުސް"ގެ ކިޔުންތެރިންނަށް، ކެފޭ/ ރެސްޓޯރެންޓްތަކުގެ އިފްތާރު މެނޫ ފަސޭހަކަމާއި އެކު އެއްތަނަކުން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

އަދި މި ހިދުމަތުގެ ސަބަބުން، ކެފޭ/ ރެސްޓޯރެންޓްތަކުގެ އިފްތާރު މެނޫ އަޅާކިޔާލައި އެންމެ ރަނގަޅު ތަނަކުން ރޯދަވީއްލުމުގެ ފުރުސަތު ކިޔުންތެރިންނަށް ފަހިކޮށްދިނުމަށް ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

"މަޤުސަދަކީ ޖަޒީރާ ނިއުސްގެ ކިޔުންތެރިންނަށް، އެއް ޕޭޖަކުން، އެއްތަނަކުން ރޯދަ ވީއްލާ މެނޫތައް އަގުތަކާއެކު ފޯރުކޮށްދިނުން. މިކަން އަޅުގަނޑުމެން މި ކުރަނީ ވަރަށް ލުއި އަގެއްގައި. ހިދުމަތެއް  ދިނުމުގެ އުސޫލުން" ޝިފާޒު ވިދާޅުވިއެވެ.

ޖަޒީރާ ރޯދަ މެނޫ ޕޭޖުގައި، މެނޫ ޖަހާފައިވާ ކެފޭ/ ރެސްޓޯރެންޓްތަކުގެ ކުޑަ ތަޢާރަފެއް ހިމެނޭނެއެވެ. މީގެ އިތުރުން އެ ރެސްޓޯރެންޓްތަކުގެ އިފްތާރު މެނޫ އާއި، އަގުތަކުގެ އިތުރުން ރިޒަވޭޝަން ހެއްދުމަށް ގުޅަން ޖެހޭ ނަންބަރާއި ރެސްޓޯރެންޓްގެ ގޫގުލް މެޕް އެޓޭޗް ކުރެވިފައިވާނެއެވެ.

"ޖަޒީރާ ނިއުސް"ގެ ރޯދަ ސެގްމެންޓްގައި މެނޫ ޖަހަން ބޭނުންފުޅުވާ ކެފޭ/ ރެސްޓޯރެންޓްތަކުން 9848401 ނަންބަރު ފޯނާއި ގުޅުއްވުމުން އެ ހިދުމަތުގެ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު