ދަ ޑޮކް: ގްރޫޕް ރޯދަ ވީއްލުމަށް މިވަރެއް ނެތް

ޢަލީ ޔާމީން

ރޯދަވީއްލާ ގަޑިއަކީ ބައެއް މީހުންނަށް ވަރަށް ހާއްސަ ގަޑިއެކެވެ. ގިނަ މީހުން އެގަޑީގައި ބޭނުންވާނީ ހިތް އެދޭ ރަހަތަކުން އަރުތެރެ ތާޒާކޮށްލުމަށެވެ. ޖީބުން ހަރަދެއް ކޮށްގެން ނަމަވެސް ރޯދަވީއްލާ ގަޑީގައި އެ ލިބޭ ހިތްހަމަ ޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެންޏާ އެދެން ނިމުނީއެވެ.

ރަމަޟާން މަހުގެ ފުރަތަމަ 10އިގެ ދުވަސްތައް ގުނަމުންދާއިރު މާލޭގެ ގިނަ ކެފޭ/ރެސްޓޯރެންޓްތަކުން އަންނަނީ ފޯރިޔާއި އެކު އެމީހުންގެ އިފްތާރު މެނޫގެ މޮޅުކަމުގެ ވާހަކަ ދައްކަމުންނެވެ. އަދި ވާދަވެރި މާހައުލެއްގައި އިފްތާރަށް އޮންނަ ވާދަވެރިކަންވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ކޮންމެ މީހަކީވެސް ހުޅުވިފައި އޮންނަ މާހައުލެއްގައި ސާފުވައިން ހިތްހަމަ ޖައްސާލަމުން އިފްތާރަށް އިންސާފުކޮށްލަން ބޭނުންވާނެ މީހެކެވެ. އަދި ރޯދަ ވީއްލުމަށް ފަހު އެންމެ ފަހުގެ ކެއުމެއްގެ ގޮތުގައި މީރު ލުއިކާނާއެއް ނުވަތަ ފޮނި ކާނާއެއް ކާން ބޭނުންވާނެ މީހެކެވެ. އެހެންކަމަށްވަންޏާ ދަ ޑޮކް އަކީ ހިޔާރު ކުރަން ރަނގަޅު ތަނެކެވެ.

އެސްޓީއޯ ފުޑްކޯޓުގެ ހުޅަނގުން ތިން ވަނަ އަށް، ޔުނިޓު 24ގައި ހުދު ސަތަރީގެ ހިޔަލުގައި، ކުރިމަތީގައި މުދާ އަރުވާ ބޭރުކުރުމަށް ހާއްސަކޮށްފައިވާ ޓީ ޖެޓީގެ ހިތްގައިމު މަންޒަރުތައް ފެންނާނެހެން، 50-60 މީހުންނަށް އެއްފަހަރާ އިފްތާރަށް އިންސާފުކޮށްލެވޭނެ ވަރުގެ ޖާގައެއްގައި އެހުރީ ޑޮކެވެ. ކަޅު ކުލައިން ޖަޒީވެގެން، ހިނިތުންވުމަކާއި އެކު ފެންނާނީ ޑޮކްގެ ވެއިޓަރުންނެވެ.

ޑޮކުން ރޯދަވީއްލުމަށް އަންނަ ފަރާތްތަކަށް އެންމެ ފުރަތަމަ މެހެމާންދާރީ އަދާކުރާނީ މި ދެންނެވި ވެއިޓަރުންނެވެ. އިށީންނާގެ ގޮނޑި ދައްކައި އެވެއިޓަރުން އަބަދުވެސް ތިބޭނީ ކަސްޓަމަރުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރަށެވެ. ޑޮކްގެ ވެއިޓަރުންގެ ހިދުމަތަށް ކަސްޓަމަރުން ދިނީ ފަސްތަރިއެވެ.


ޑޮކްއިން ތިން އިފްތާރު މެނޫއެއް ތައާރަފްކޮށްފައިވާއިރު ތިން މެނޫގައިވެސް މާ ބޮޑު އަގުގެ ފަރަޤެއް ނޫޅެއެވެ. އެގޮތުން  ހަފްތާ ބަންދަށް ހާއްސަކޮށްފައިވާ މެނޫގެ އަގަކީ 159 ރުފިޔާއެވެ. ހަފްތާގެ އެހެން ދުވަސްތަކުގައި ޑޮކުން ރޯދަވީއްލުމަށް ހާއްސަކޮށްފައިވާ ދެ މެނޫގެ އަގަކީ 129ރުފިޔާއެވެ. ޑޮކުގެ މެނޫތަކުގައި ދިވެހިންނާއި ގުޅޭ ކެއުންތަކާއި، ދިވެހިންގެ މެދުގައި މަގުބޫލު ބޭރުގެ ކެއުންތައްވެސް ހިމަނާފައިވެއެވެ.


"މިތަނުގެ އިފްތާރު މެނޫ ވަރަށް ރަނގަޅު. އަގާއި އެއްވަރަށް އެހާމެ މީރު. އަދި އެންމެ ހާއްސަ ކަމަކީ މިތަން އެހެންތަންތަނާއި ބަލާއިރު ކްރައުޑެޑް ނޫންކަން. ހަމަޖެހިލައިގެން އިދެ ރޯދަ ވީއްލާލެވޭ. ދެން ވެއިޓަރުންގެ ހިދުމަތްވެސް ވަރަށް އަވަސް" ޑޮކްއިން ރޯދަ ވީއްލި ކަސްޓަމަރެއް ބުންޏެވެ.

ޑޮކްގެ އިފްތާރު މެނޫގެ އެންމެ ހާއްސަ އެއް ކަމަކީ ޑޮކްގެ ޗެފްގެ ހާއްސަ ޑިޝްއަކާއި ޝޯރޓް އީޓްސް އެކެވެ. ކޮންމެ ދުވަހެއްގެ އިފްރާތު މެނޫގައިވެސް ޑޮކްގެ ޗެފްގެ ފަރާތުން ކަސްޓަމަރުންނަށް މި ހަދިޔާ ލިބިގެންދާނެއެވެ.

ޑޮކްގެ އިފްތާރު މެނޫ ދެން އެންމެ ބޮޑަށް ހާއްސަވާ ކަމަކީ އެތަނުގެ ސޫޖީއެވެ. ޑޮކުން ރޯދަ ވީއްލާ ގިނަ ބަޔަކަށް އެންމެ ބޮޑަށް ކަމުދާ ބުއިމަކަށްވެސް ވެފައި އޮތީވެސް އެތަނުގެ މީރު ސޫޖީއެވެ.

"އެންމެ ފާހަގަކޮށްލެވެނީ މިތަނުގެ ސޫޖީ. މިވަރެއް އަދި ނުދެކެން" ކަސްޓަމަރެއް ބުންޏެވެ. ސޫޖީގެ އިތުރުން ޑޮކްގެ ޗޮކްލެޓު ފަޖްއަކީވެސް އެތަނުން ރޯދަ ވީއްލާ މީހުންހެ މެދުގައި މަގުބޫލު ކެއުމެކެވެ.

ޑޮކުގެ ސާފުތާހިރު ކަމަކީ އެތަނުން ރޯދަ ވީއްލި ގިނަ ކަސްޓަމަރުން ފާހަގަކޮށްފައިވާ ކަމެކެވެ. އެ ކަސްޓަމަރުންގެ ނަޒަރުގައި އާއިލާއާއި އެކުގައި ރޯދަވީއްލަން ނުވަތަ ގުރޫޕު ރޯދަވީއްލުމަަކަށް ޑޮކަކީ އެންމެ އެކަށޭނެ ތަނެކެވެ.

"ވަރަށް ސާފުތާހިރު މިތަން. ފާހަގަކޮށްލަން ޖެހޭ އެހާ އަޑުގަދަ ނޫންކަން. އެހެންވެ ވަރަށް ފަސޭހަ އަސްލު. ދެން އާއިލާއާއި އެކު ނުވަތަ ގިނަބަޔަކު ރޯދަވީއްލަން އަންނަން ހަމަ ވަރަށް ސަޅިތަނެއް މީ" ޑޮކުން ރޯދަ ވީއްލި އިތުރު ކަސްޓަމަރެއް ބުންޏެވެ.

ޑޮންއިން އިފްތާރު މެނޫއަށް އޯޑަރު ކުރާ ފަރާތްތަކަށް އެތަނުން ވަނީ އެތަކެއް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ކަސްޓަމް ބޫކިންގް، ނުވަތަ ކަސްޓަމަރުން ބޭނުންވާ އެއްޗެއް އިފްތާރު މެނޫގައި ހިމަނައިގެން ލިބޭނެ މަގުވެސް  ވަނީ ފަހިކޮށްދީފައެވެ. އަދި ޑޮކުން 10 މީހުންގެ އިފްތާރަށް އޯޑަރު ދީފިނަމަ 11 ވަނަ މީހާއަށް އަގަކާއި ނުލައި ރޯދަވީއްލުމެއް ލިބިގެންދާއިރު، 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ޑޮކުގެ އިފްތާރަށް ބޫކިންގ ހެއްދުމަށް ގުޅުއްވާނީ : 7938373 ނަންބަރު ފޯނަށެވެ.

ކިޔުންތެރިންގެ ހިޔާލު