ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތަކުގެ ފައިދާ ބޮޑުތަނުން ދަށްވެއްޖެ

ޢަލީ ޔާމީން
ފޮޓޯ: ވީނިއުސް

ސަރުކާރު ކުންފުނިތަކުގެ ފައިދާ ފުރަތަމަ ކްއާޓަރުގައި ދައްވެއްޖެއެވެ.

މަރުކަޒީ ބޭންކު، (އެމްއެމްއޭ) އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކްއާޓަލީ އިކޮނޮމިކް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، 71 މިލިއަން ރުފިޔާ ދަށްވުމެކެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި އާމްދަނީ އެހާބޮޑަށް ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ޓެކުގެ ގޮތުގައި ދައުލަތަަށް ލިބުނު އާމްދަނީ ދަށްވާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ދައުލަތަށް ދައްކާ މިންވަރު ދައްވެފައިވުމެވެ. ނަމަވެސް ބައެއް ކުންފުނިތަކުގެ ފައިދާ ފުރަތަމަ ކުއާޓަރުގައި އިތުރުވެފައިވެއެވެ. އެގޮތުން މޯލްޑިވް ގޭސް ފާހަގަކޮށްލެވެއެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން ޓެކުހުން ލިބުނު އާމްދަނީ ފިޔަވާ އެހެން ގޮތްގޮތުން ލިބުނު އާމްދަނީއިން ފުރަތަމަ ކުއާޓަރުގައި ހިއްސާކުރަނީ 17 އިންސައްތައެވެ.

ސަރުކާރު ހިއްސާވާ 21 ކުންފުނި ރާއްޖޭގައި ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު