ވޯލްޑް އެސްއެމްއީ ފޯރަމްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ތަޤުރީރު ކުރައްވަނީ

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފޯރަމް، ވޯލްޑް އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ލިބިއްޖެ އެވެ.

ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން އަންނަ ސައީދު މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފޯރަމްގައި އޭނާ ވާހަކަފުޅު ދައްކަވާނީ ވިޔަފާރި ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ގަވައިދުތަކާއި ބެހޭ ގޮތުންނާއި، ވިޔަފާރީގެ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ކަމަށެވެ.

ދުނިޔޭގެ އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރައްވާނެ ފުރުސަތު ސައީދަށް ލިބި ވަޑައިގެންނެވި އިރު އޭނާއަށް ވަނީ ޗައިނާ އެސޯސިއޭޝަން އޮފް ސްމޯލް އެންޑް މީޑިއަމް ކޮމާޝަލް އެންޓަޕްރައިސަސްގެ ޖަމިއްޔާގެ ލަފާ ދޭ ކޮމިޓީގެ މެންބަރުކަން ވެސް ލިބިވަޑައިގެންފައެވެ.

މިމަހުގެ 21 އިން 22ގެ ނިޔަލަށް ޗައިނާގެ ބެއިޖިންގައި އޮންނަ މި ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުން 150 އަށް ވުރެ ގިނަ ސަރުކާރު އޮފިޝަލުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު