އިމްޕޯޓް މަދުވެ، އެކްސްޕޯޓް މައްޗަށް

ޢަލީ ޔާމީން
ފޮޓޯ: މިހާރު

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް މުދާ އެތެެރެކޮށްފައިވާ މިންވަރު 5 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 39.9 މިލިއަން ޑޮލަރުގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 715 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދަށްވެފައިވަނީ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޕެޓްރޯލާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި ބައެއް ކަހަލަ މެޝިނަރީސް އެތެރެކޮށްފައިވާ މިންވަރު ދަށްވުމާއި ގުޅިގެން ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދަށްވި ނަމަވެސް ރާއްޖެއިން މުދާ ބޭރުކޮށްފައިވާ މިންވަރު ވަނީ 41 އިންސައްތަ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު