އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވަނީ

ޢަލީ ޔާމީން
ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ރ. އަތޮޅުގައި ތަރައްގީ ކުރާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު އަންނަ ސެޕްޓެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެއެވެ.

މާމުނަގައު ރިސޯޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ރިސޯޓުތަކާއި ހޮޓެލްތައް ތަރައްޤީކުރާ އިންޓަކޮންޓިނެންޓަލް ގުރޫޕުން ތަރައްޤީ ކުރާ ރިސޯޓެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީ ޕްލޭނުގައި 35 މިނެޓު ތެރޭގައި ދެވޭނެ ދުރުމިނުގައި އޮތް މި ރިސޯޓުގައި 81 ވިލާ ހުރެއެވެ. އެ ވިލާތަކުގެ ތެރޭގައި ބީޗް ވިލާތަކާއި، ލެގޫން އަދި އޯވަރ ވޯޓާ ވިލާތައް ހިމެނެއެވެ.

އެ ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއް ހުންނަ އިރު، އޯވާ ވޯޓާ ސްޕާ ވިލާތައްވެސް ހުރެއެވެ.

މި ރިސޯޓަކީ ހަނިފަރު ބޭއާ ކައިރީގައި އޮންނަ ރިސޯޓަކަށް ވުމުން، ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މިޔަރާއި މަޑިތަކާއެކު ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު