ކާޑެއްދޫގެ ދަތުރުތައް އަލުން ފަށައިފި

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީ އަށް ދިިމާވި މައްސަލަ ހައްލުކުރުމާ އެކު، އެ އެއާޕޯޓަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އަލުން ފަށައިފި އެވެ.

ގައުމީ އެއާލައިނުން ވަނީ ކާޑެއްދޫ އެއާޕޯޓުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ އިއްޔެ އެ އެއާލައިނުގެ ދަތުރުތައް މެދު ކަނޑާލައިފަ އެވެ. ނަމަވެސް މައްސަލަތައް ހައްލުކުރުމާއި އެކު އެ އެއަރޕޯޓަށް އަލުން ދަތުރުތައް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އިއްޔެ މެދުކަނޑާލާފައި ވަނީ އެ އެއާޕޯޓުގެ ފަޔާ ލޮރީ އަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެންނެވެ. 

ރީޖަނަލް އެއަރޕޯޓްސްއިން ބުނީ އެ މައްސަލަ ހައްލުކޮށް ރޭ 9:00 ގައި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު