އުރީދޫގެ ރަމަޟާން ކެމްޕެއިންތައް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

ޢަލީ ޔާމީން

އުރީދޫ ގްރޫޕްސް އޮފް ކޮމްޕެނީސްއިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެކި ގައުމުތަކުގައިި ކުރިއަށް ގެންދިޔަ ކެމްޕެއިންތައް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ރަމަޟާން މަހާ ދިމާކޮށް އުރީދޫން އެކި ގައުމުތަކުގައި ތަފާތު ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައިވާއިރު، ދިވެހި ރާއްޖޭގައި އާއިލީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދައްކުވައިދޭ ވީޑިއޯއެއް އެކުންފުނިން ވަނީ ރިލީސްކޮށްފައެވެ. އެ ވީޑިއޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެވީޑިއޯއަށް ލިބިފައިވެއެވެ.


އުރީދޫން ވަނީ ރަމަޟާން މަހާ ދިމާކޮށް އެއްމަސް ދުވަހަށް ވާވަރަށް ބުލަޑް ބޭންކުގައި ލޭ ރައްކާކުރުމުގެ ގޮތުން ވަރަށް ހާއްސަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން އުރީދޫން ރޯދަވީއްލުމެއް ދީފައިވާއިރު، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށްވެސް އެކުންފުނިން ވަނީ ރޯދަވީއްލުމެއް ދީފައެވެ.


އުރީދޫގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ ޝެއިޚް ސައުދު ބިން ނަސީރު އަލްސާނީ ވިދާޅުވީ، ރަމަޟާން މަހަކީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީވާން ޖެހޭ މައްސަރެއް ކަމަށާއި އެމައްސަރަކީ އެކަކު އަނެކަކަށް އަހުވަންތަވާންވީ މައްސަރުކަމަށެވެ. އަދި އެ ސަބަބަށްޓަކައި އުރީދޫން ކޮންމެ އަހަރަކު މިފަދަ ޗެރިޓީ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށާއި، ރަމަޟާން މަހަކީ އެކުންފުނީގެ ކަސްޓަމަރުންނަށް އެ ކުންފުނިން އަޅާލާ ވަރު ދައްކުވައިދިނުމަށް މުހިންމު މަހެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.


ރާއްޖޭގެ އިތުރުން އުރީދޫން ވަނީ ކުވައިތާއި، ގަތަރާއި، އޮމާނާއި، ޓިއުނިޝިއާއާއި، ފަލަސްތީނު އަދި އަލްޖީރިއާގައިވެސް ރަމަޟާން މަހުގައި ޗޭރިޓީ ހަރަކާތްތައް ކުރިއަށް ގެންގޮސް، އެގައުމުގަތުގެ އެތައް ރައްޔިތުންގެ މޫނަށް އުފާވެރިކަމުގެ ކުލަވަރު ގެނެސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު