އެމްޓީސީސީގެ ފައިދާ ދަށްވީ ދަތުރުފަތުރުން 82 މިލިއަން ރުފިޔާގެ ގެއްލުންވުމުން

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ސަން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު 82 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވީ  ސިނަމާލެ ބްރިޖް ހުޅުވުމުން އެ ކުންފުނީގެ ދަތުރުފަތުރުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސިނަމާލެ ބްރިޖު ހުޅުވުމާއެކު އެމްޓީސީސީއަށް ވަނީ މިދިޔަ އަހަރު 82 މިލިއަން ރުފިޔާގެ ގެއްލުމެެއް ލިބިފައި ކަމަށް އެކުންފުނިން އާއްމުކުރި އަހަރީ ރިޕޯޓުން ދައްކައެވެ.

ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ފަޅު ފުންކުރުމުގެ ދާއިރާ އިން ވެސް އެމްޓީސީސީ އަށް ވަނީ 13.60 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ. އެއީ އެ ކުންފުންޏަށް ގެނައި ކޮންނަ ބޯޓުގެ ސަބަބުންވާ ގެއްލުމެކެވެ.

އެމްޓީސީސީ އިން އާންމު ކޮށްފައިވާ އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި، ކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް ވިދާޅުވެފައިވަނީ އެ ކުންފުނިން ދެމުންގެންދާ ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށާއި އެ ދާއިރާއިން ސަބްސިޑީއެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ފައިދާ ދަށްވުމުން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބެހުމަށެވެ.

ކިޔުންތެރިންގެ ހިޔާލު