ޖީއެމްއައިޒެޑްއެލްގެ ހުއްދަނެތި ތިލަފުއްޓާއި، ގުޅީފަޅުގައި ބަހަށްޓާފައިވާ ތަކެތި ނެގުމަށް އިލްތިމާސްކޮށްފި

ޢަލީ ޔާމީން
ފޮޓޯ: މިހާރު

ކ. ގުޅީފަޅާއި، ތިލަފުށީ ބިމާއި، ފަޅު ހިމެނޭ ގޮތަށް ހުއްދަ ނުނަގާ ބަހަށްޓާފައިވާ ތަކެތި މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ނުނަގައިފިނަމަ، އިތުރު އެންގުމަކާއި ނުލައި އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ދެރަށުގެ ބެލެނިވެރި ފަރާތްކަމުގައިވާ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީއެމްއައިޒެޑްއެލް، އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ.ތިލަފުއްޓާއި، ކ.ގުޅީފަޅު ބިމާއި، ފަޅު ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ހުއްދަނެތި ބަހަށްޓާފައިވާ އެއްގަމާއި، ކަނޑުގެ އުޅަނދުތަކާއި، މިނޫންވެސް މުދަލާއި ތަކެތީގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ދަތިވަމުންދާތީއާއި، އެ ދެރަށުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އަދި އެ ސަބަބުތަކަށްޓަކައި، 19 ޖޫން 2019 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް ތަކެތީގެ ވެރިފަރާތަށް އަންގާކަމަށާއި، އަދި މުއްދަތު ހަމަވުމުންވެސް އެތަކެތި ނުނަގާ ހުރެއްޖެ ނަމަ، އިތުރު މުއްދަތެއް ދިނުމެއް ނެތި އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ޖީއެމްއައިޒެޑްއެލް އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށްވާ ޒިންމާއަކަށް އެކުންފުނީގެ ފަރާތުން ޒިންމާ ނުވާނެ ކަމަށްވެސް ޖީއެމްއައިޒެޑްއެލް އިން ބުނެފައިވެއެވެ.

މިކަމާއި ބެހޭ ގޮތުން "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެސިސްޓެންޓް ބިޒްނެސް ޑިވެލޮޕްމެންޓް މެނޭޖަރ އަރީން އަހުމަދު ވިދާޅުވީ، 30 ދުވަހުގެ މުއްދަތެއް ތަކެތީގެ ވެރިފަރާތްތަކަށް ދިނީ އެތަކެތި ނެގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި 30 ދުވަސް ހަމަވުމުންވެސް އެތަކެތީގެ ވެރިފަރާތުން ބޭނުންފުޅުވާނަމަ އެތަކެތި ދެފަރަތާރުން ވާހަކަ ދައްކައިގެން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އަރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު