އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އީމާ މުހައްމަދު ވަހީދު
ފޮޓޯ:އަވަސް ފޮޓޯ:އަވަސް

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރެޓީ (އެމްއެމްއޭ)ގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އެމްއެމްއޭއަށް 38 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ރޭ ދަރުބާރު ގޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި 38 ވަނަ އަހަރީ ހަފުލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވަޑައިގަތީ އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރު، ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން،  އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އިގްތިސާދީ ބާރުތައް ކަމަށްވާ ޗައިނާ އާއި އެމެރިކާ އާއި ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކާއި އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމާ ގުޅޭގުޅޭގޮތުން އަދި ވަކިގޮތެއް ނިމިފައިނުވާތީ މިއަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި ފުރަތަމަ ތިންމަހު ތެރޭ މަޑު ޖެހުނު ކަމަށެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރީ 712 މިލިއަން ޑޮލަރު ކަމަށެވެ. އަދި، އެއީ 21 ޕަސެންޓްގެ ކުރިއެރުމެއް ކަަމަށެވެ.

އެ އޮތޯރިޓީގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި ރައްޔިތުންގެ އިތުބާރު ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް މިހާރު އަޅަމުން އަންނަ ކަމަށް ނަސީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު