އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ޢަލީ ޔާމީން

ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުގެ ރިޔާސީ ވައުދާއި އެއްގޮތައް އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށްފިއެވެ.

އަގުހެޔޮކޮށްފައިވަނީ ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އަގުތަކެވެ. މޯލްޑިވިއަން އިން ބުނީ މިހާރު ދަތުރުކުރާ އަގުތައް 25 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް އަގުހެޔޮކޮށްފައިވާނެ ކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާ އަގުތަކަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ ސަރުކާރުގެ ކުންފުނިން މި ގެނައި ބަދަލުތަކަށް ވަރަށް ގިނަ ބަޔަކު ތިބީ އިންތިޒާރުކޮށްގެންނެވެ. މީގެ ކުރީން ޓްރާންސްޕޯޓު އެންޑް ސިވިސް އޭވިއޭޝަން މިނިސްޓްރީއިން ބުނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުން ލަސްވީ ރައީސްގެ އިންޑިއާ ދަތުރުފުޅާއި ސަރުކާރުގެ ކަމާބެހޭ ބައެއް މުވައްސަސާތަކުން ނިންމަން ޖެހޭ ބައެއް ކަންތައްތައް ދިގުލައިގެން ދިޔުމުން ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފައި ވަނީ އެންމެ ހެޔޮކޮށް ލިބޭނެ އަގާއި އެންމެ ބޮޑުކޮށް ލިބޭނެ އަގެވެ. އަގޮތުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވަނީ ބޯޓުތަކަށް އަޅާ ޖެޓު ފިއުލްގެ އަގުވެސް އިއްޔެ ހެޔޮ ކޮށްފައެވެ. 

އެތެރޭގެ އުދުހުންތަކުގެ އަގުތަށް ހެޔޮ ކުރުމާ ގުޅިގެން މޯލްޑިވިއަންގެ، މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ޓިކެޓްގެ އަގުތައް ކަނޑައެޅި ގޮތުން ކުރިއަށް ވުރެ ބޮޑުތަން ހެޔޮވާނެ ކަމަށާއި މިހާރު އިއުލާނު ކޮށްފައިވާ އަގުތަކަކީ ބޮޑު އަގުތަކެއް ކަމަށް ބުނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން އާންމު ކުރި އަގުތަށް

  • މާލެ - ކާޑެއްދޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
  • މާލެ - ކައްދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
  • މާލެ - ކުޑަހުވަދޫ - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
  • މާލެ - އިފުރު - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
  • މާލެ - ފުވައްމުލަށް - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
  • މާލެ- ކޫއްޑޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
  • މާލެ - ތިމަރަފުށި - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
  • މާލެ - ދަރަވަންދޫ - މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު
  • މާލެ - ހަނިމާދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު
  • މާލެ - ގަން - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު


ކިޔުންތެރިންގެ ހިޔާލު