ކުޑަދޫ ރިސޯޓުން ހަކަތަ ފޯރުކޮށްދިނުމަށް ބޮޑު އިންގިލާބެއް ގެނެސްދީފި

މުހައްމަދު ޝުޖާއު
Flowers ފޮޓޯ: ބުކިންގ ޑޮޓް ކޮމް

ރާއްޖޭގައި އޮތް ހަމައެކަނި އިރުގެ ހަކަތަ އިން ކަރަންޓު އުފައްދާ ރިސޯޓެއްގެ ގޮތުގައި ކުޑަދޫ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން  ޅ. އަތޮޅުގައި ކްރައުން އެންޑް ޗަމްޕާ ކުންފުނިން ތަރައްޤީކޮށްފައިވާ ހިތްގައިމު މި ޕްރައިވެޓް އައިލެންޑަަށް ކަރަންޓު ދެނީ އެ ރަށުގެ މައި ވޯޓާ ބަންގަލޯ މަތީގައި ހަރުކޮށްފައިވާ ސޯލާޕެނަލް ތަކުންނެވެ.

 ކުޑަދޫ ޕްރައިވެޓް އައިލެންޑުގެ ފަރުމާއާ ބެހޭ ގޮތުން އެ ރިސޯޓު ފަރުމާކުރި ޖަޕާނަށް އުފަން، އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޔޫޖީ ޔަމަޒާކީ ބުނީ  ސޯލާ ޕެނަލްތައް ފަރުމާ ކުރުމުގައި ބަލާފައިވާވާނީ ރަށުގެ ރީތިކަން ނުގެއްލޭ ގޮތަށް އެތަން ހެދުމަށް ކަމަށެވެ.

ގާތްގަނޑަކަށް ރެއަކަށް 3،000 ޕައުންޑަށް ޗުއްޓީ ހޭދަކޮށްލެވޭ މި ރިސޯޓަކީ މިފަހުން ރާއްޖޭގައި ހުޅުވި އެންމެ ރީތި އެއް ރިސޯޓެވެ.

މި ޕްރައިވެޓް އައިލެންޑަކީ ތިން ހެކްޓަރުގެ ހިތް ގައިމު ރީތި ރަށެކެވެ. ފަނަރަ ވޯޓާ ވިލާ އާއެކު ހަދާފައިވާ މި ރަށުގައި މީރު ކެއުންތައް ލިބޭ ރެސްޓޯރެންޓުތައް ހުރެ އެވެ. މި ޕްރައިވެޓް އައިލެންޑުގެ 2،000 ސްކެއާ މީޓަރުގެ ސޯލާ ޕެނަލް އަޅާފައިވެ އެވެ.

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު