މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަދުތައް ކަނޑުވައިދިން, އަޑިވޯރށި ޕެއިން ރިލީފަށް އެތައް ބައެއްގެ ލޯބި!

ޢަލީ ޔާމީން

އަޑިވޯރށިއަކީ މިއަދު ދިވެހިންނަށް އާ ބްރޭންޑެއްް ނޫނެވެ. އެހެނީ އަޑިވޯރށި މިވަނީ އެތައް ދިވެހިންގެ ނާޒުކު ހިތްތަކުގެ ލޯބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދައިފައެވެ.

އަޑިވޯރށި ބްރޭންޑް ރާއްޖެއަށް އެންމެ ފުރަތަމަ ތަޢާރަފް ކުރެވުނީ މީގެ ދެ އަހަރުކުރިން، 2017 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. ސަތޭކަ އިންސައްތަ ޕަތްޕިލާވެލީގެ އުފެއްދުންތަކަށް ހާއްސަ އެ ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދު އެވެ. އެއީ އަޑިވޯރށި ނެޗުރަލް ހާބަލް ހެއަރ އޮއިލްއެވެ.


އަޑިވޯރށި ނޭޗުރަލް ހާބަލް ހެއަރ އޮއިލް އަކީ ތަލަ ފޮރުވައިދިނުމަށް ބޭނުން ކުރާ އަދި ވަރުގަދަ އިސްތަށިގަނޑަކަށް ލޯބިކުރާ ފަރާތްކަށް ހާއްސަ ހެއަރ އޮއިލްއެކެވެ. މި ތެލުން ވަނީ ނަތީޖާ ނެރެ އެތައް ބައެއްގެ ހިތްތައް އުފަލުން ފޮޅުވާލައިފައެވެ.

އަޑިވޯރށި ހާބަލް ހެއަރ އޮއިލްއަށް ފަހު އަޑިވޯރށި މުޅިން އައު ދެ ޕްރޮޑަކްޓެއް މިއަހަރުގެ ތެރޭގައި މިވަނީ ރާއްޖެއަށް ތަޢާރަފްވެފައެވެ. އެއީ އަޑިވޯރށި ޕެއިން ރިލީފް މަސާޖާއި، އަޑިވޯރށި ބިއަރޑް ގްރޯ އޮއިލްއެވެ.

އަޑިވޯރށި ޕެއިން ރިލީފް މަސާޖު އޮއިލް


އަޑިވޯރށި ޕެއިން ރިލީފް މަސާޖު އޮއިލްއަކީ، ހުޅުހުޅުގެ ތަދުތަކާއި، ކަނދުރާއާއި، އުނަގަނޑުގެ ތަކުތަކާއި، އަދިވެސް އެހެން ތަދުތަކަށް ބޭނުން ކުރާ، ނަތީޖާ ފެނިފައިވާ މުޖައްރިބު, ފަތްފިލާވެލީގެ މޮޅު އުފެއްދުމެކެވެ.

މި ތެޔޮ, ރިއްސާ ތަނެއްގައި އުނގުޅުމަށް ފަހު ފުޅީގައިވާ އިރުޝާދާއި އެއްގޮތައް އަމަލު ކުރުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ނަތީޖާ ފެންނަ ކަމަށް މި ތެޔޮ ބޭނުން ކުރި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއްފަހަރު އެ ތެޔޮ އުނގުޅުމުންވެސް އޭގެ ނަތީޖާ ފެނެއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޑިވޯރށި ޕެއިން ރިލީފް މަސާޖު އޮއިލް މިވަނީ ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދައިފައެވެ.

އަޑިވޯރށި ބިއަރޑް ގްރޯ އޮއިލް


އަޑިވޯރށި ބިއަރޑް ގްރޯ އޮއިލް އަކީ ތުނބުޅި ފަޅުވާދީ، ތުނބުޅި އަވަހަށް ދިގުކޮށްދިނުމަށް އެހީވެދޭ މޮޅު ތެލެކެވެ. އަދި މި ތެލުން ތުނބުޅީގެ ރުޅިގަދަ އިސްތަށިގަނޑު މަޑުކޮށްދީ އިސްތަށިގަނޑު އޮމާންކޮށްދެއެވެ.

މި ތެޔޮ ބޭނުން ކުރާ ފަރާތްތަކުން ވަނީ މި ތެލުން ނަތީޖާ ފެންނަ ކަމަށް ބުނެފައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ތެލަށް އޮންނަ ޑިމާންޑް ބޮޑުވުމެވެ.

ފަތްޕިލާވެލީގެ މޮޅު އުފެއްދުމެއް ކަމަށްވާ މި ތެޔޮ ބޭނުން ކުރަން ޖެހޭނީ ހަފްތާ ހަތަރު ފަހަރުއެވެ. އަދި 1 މަހާއި 6 މަހުގެ މުއްދަތެއްގައި މި ތެލުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން މި ތެޔޮ ރާއްޖެ އެތެރެކުރާ ފަރާތުން ދެއެވެ.

އަޑިވޯރށީގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރާ މޫސާ ސާއިދު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ, އެ ބްރޭންޑްގެ އިތުރު އުފެއްދުންތައް ކައިރި މުސްތަގުބަލެއްގައި ރާއްޖެއަށް އެތެރެކުރާ ކަމަށެވެ. އަދި އަޑިވޯރށީގެ އޮރިޖިނަލް އުފެއްދުންތައް ލިބެން ހުންނާނީ  7336600 އަދި 7775731  ނަންބަރު ފޯނަށް ގުޅައިގެން ކަމަށްވެސް އޭނާ މައުލޫމާތު ދެއެވެ. 

މީގެ އިތުރުން އަޑިވޯރށިގެ އުފެއްދުންތައް އޮންލައިން ޕޭޖު، ޝިމާ ޓްރެންޑްސް އިންވެސް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު