ޑޮލަރުގެ އާމްދަނީ 18 އިންސައްތަ އިތުރުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަން މި އަހަރުގެ ތެރޭ ރަނގަޅުވެފައިވާތީ، ޑޮލަރުން ލިބުނު އާމްދަނީ ދެވަނަ ކުއާޓަރުގައި 18.7 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، (މީރާ) އިން ނެރެފައިވާ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ދެވަނަ ކުއާޓަރުގައި 160.5 މިލިއަން ޑޮލަރު ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 153 މިލިއަން ޑޮލަރެވެ. ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ރިސޯޓު ކުލިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.
އަދި ޑޮލަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަކުން އިތުރުވެ، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓްތަކުގެ އަދަދު އިތުރުވެ އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން ލިބުނު އާމްދަނީ ވެސް އިތުރުވެގެން ދިއުމުން ކަމުގައިވެސް މީރާއިން ބުނެއެވެ.
ދެވަނަ ކުއާޓަރުގެ ތިން މަސް ދުވަހު ޑޮލަރުން ބަލައިގަތް އާމްދަނީ ވަނީ އިތުރުވަމުން ގޮސްފަ އެވެ.