އީދު ބަންދުގެ ބުދަ ދުވަހު އިސްލާމިކް ބޭންކުން ހިދުމަތް ދޭނެ

ޢަލީ ޔާމީން
އެމްބީއާރް. އެމްވީ އެމްބީއާރް. އެމްވީ

ކުރިއަށްއޮތް އަލްހާ އީދުގެ ބަންދުގެ ތެރެއިން 14 ވާ ބުދަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗުތަކުން ހިދުމަތް ފަށާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީ އިން ބުނީ މިމަހުގެ 14 ވާ ބުދަ ދުވަހު އެ ބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ފަށާނެ ކަމަށާއި, އެ ބޭންކުގެ ހުރިހާ ބްރާންޗަކުންވެސް އެދުވަހު ހިދުމަތް ދޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުން މިދިޔަ މަހު ވަނީ އާއްމުންނަށް ހިއްސާ ވިއްކަން ފަށާފަ އެވެ. އެ ބޭންކުގެ ހިއްސާ އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެއީ 700 ރުފިޔާގެ ހިއްސާއެވެ.

ބޮޑު އީދު ދުވަހަކީ އަންނަ ހަފްތާގެ 11 ވަނަ ދުވަހެވެ. މިއަހަރުގެ އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު