ހުސްވި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވޮއްމުލިން

ޢަލީ ޔާމީން

ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓްތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ، ވޮއްމުލި ރިސޯޓުންނެވެ.

ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރާ މޯލްޑިވްސް ސާވިސް ޗާޖު އަޕްޑޭޓްސްގައިވާ ގޮތުން ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދީފައިވަނީ 725.57 ޑޮލަރެވެ. 

ރިސޯޓުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ޖުމެއިރާ ވިޓަވެލި ރިސޯޓުންނެވެ. އެއީ 629.53 ޑޮލަރެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ދުސިތު ތާނީ މޯލްޑިވްސް އިންނެވެ. އެއީ 690 ޑޮލަރެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 862,589 ޓޫރިސްޓުން އައިސްފައިވާއިރު، ވޭތުވެދިޔަ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ސާވިސް ޗާޖު އެންމެ ބޮޑަށް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެއީ 1,509.98 ޑޮލަރެވެ.

ރިސޯޓު ތަކުން ސާވިސް ޗާޖު 10 އިންސައްތަ ނަގަން ލާޒިމްކޮށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު