ފުރަވެލި ރިސޯޓުގައި އިންޑިއާ ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވައިފި

ޢަލީ ޔާމީން

ފުރަވެރި ރިސޯޓުގައި ފުރަތަމަ ފަހަރަށް އިންޑިއާ ކައިވެނީގެ ބޮޑު ހަފުލާއެއް ބާއްވައިފި އެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ޓީޓީއެމްގައިވާ ގޮތުން ފުރަވެރި ރިސޯޓުގައި ބޭއްވި "ގްރޭންޑް އިންޑިއަން ވެޑިން" އަކީ މިގޮތަށް ރާއްޖޭގައި ބޭއްވި އިންޑިއާގެ ރަމްޒީ ކައިވެނީގެ މި ފަދަ އެންމެ ބޮޑު ހަފުލާ އެވެ.

ޓީޓީއެމްގައިވާ ގޮތުން މި ހަފުލާގައި ބައިވެރިވުމަށްޓަކައި އިންޑިއާގެ އެކި ސިޓީތަކުންނާއި ޔޫރަޕާއި، އެމެރިކާގެ އެކި ހިސާބުތަކުން 300 އެއްހާ މީހުން ވަނީ ރާއްޖެ އައިސްފަ އެވެ.

މުޅި ރިސޯޓު އެއްކޮށް މިކަމަށް ހާއްސަކޮށްގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަފްލާގައި އިންޑިއާގެ ކައިވެނީގެ ހަފުލާތަކުގައި އޮންނަ ގޮތަށް ސަގާފީ އެކި ކުޅިވަރުތައް ބާއްވާފައިވެ އެވެ.

އިންޑިއާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު