ޖޫން މަހުގެ އިންފްލޭޝަން ރޭޓް މަތިވެއްޖެ

ޢަލީ ޔާމީން
ފޮޓޯ: މޯލްޑިވްސް ޓައިމްސް

މިހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.24 އިންސައްތަ މަތިވެފައިވާ ކަމަށް ނޭޝަނަލް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

އެންސީބީއިން ބުނި ގޮތުގައި ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.24 ޕަސެންޓުގަ އެވެ. އަދި މި އަހަރުގެ މެއި މަހު އިންފްލޭޝަން ރޭޓް ހުރީ 0.32 ޕަސެންޓުގަ އެވެ. 

ޖޫން މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި މަހުގެ ބައިން 2.85 އިންސައްތަ މަތިވެފައިވެ އެވެ. އަދި ކުލީގެ ބައިން 0.34 އިންސައްތަވަނީ މަތިވެފަ އެވެ. މީގެ އިތުރުން ކިރާއި، ޗީޒް، ބިހާއި، ދުންފަތާއި ދުމުގެ ބަޔާއި، ޒީނަތްތެރިވުމަށާއި އެހެނިހެން އަމިއްލަ ބޭނުމަށް ބޭނުންކުރާ ސާމާނުގެ ބައިން ވަނީ އިންފްލޭޝަން މަތިވެފައެވެ.

ޖޫން މަހު އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މޭވާ، އާއި އެއްގަމު މަހުގެ އިތުރުން ގެދޮރު އިމާރާތް ކުރާ ސާމާނު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު