ޔޫކްރެއިންގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްފި

ޢަލީ ޔާމީން

ރާއްޖޭގެ ފަތުރުވެރިކަން ޔޫކްރެއިންގައި އިޝްތިހާރު ކުރަން ރިސޯޓް ލައިފް އިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ޔޫކްރެއިން ހިމެނޭ ސަރަހައްދުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފް އިން އިންތިޒާމުކުރި މި ހަރަކާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިމެނޭހެން ރާއްޖޭގެ ބައެއް ރިސޯޓުތަކުން ވަނީ ބައިވެރިވެފަ އެވެ.

"ތާޑް އެނުއަލް މޯލްޑިވްސް ޑޭ" ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ޝައުގުވެރި ކުރުވަނިވި ގޮތެއްގައި ޔޫކްރެއިން ހިމެނޭ ސަރަހައްދުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޔުކްރެއިންގެ ރިސޯޓެއްގަ އެވެ. 

މި ހަރަކާތުގައި އެގައުމުގެ  ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ޔޫކްރެއިންއިން މި އަހަރުގެ ޖެނުއަރީއިން މެއި މަހުގެ ނިޔަލަށް ޔޫކްރެއިންއިން ރާއްޖެއަށް 6،006 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.3 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު