މޫސަ އައިސްޓީވީގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އައިލެންޑް އޭވިއޭޝަންއާ ގުޅިވަޑައިގެންފި

މުހައްމަދު ޝުޖާއު
Flowers

އައިސް ޓީވީގެ ސީއީއޯ އަދި މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ކަމުގެ މަގާމަށް ހަމަޖައްސައިފިއެވެ. މޫސާ ވަސީމް ވަނީ މިމަގާމާ ހަވާލުވެ ވަޑައިގަތުމަށް، އައިސް ޓީވީގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.  

މޫސާ ވަސީމް ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން 2015 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ހުށަހެޅުންތެރިޔާ މޫސަ، ޓީވީއެމްގައި 13 އަހަރު މަސައްކަތް ކުރެއްވި އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައިސްޓީވީއާ ގުޅިވަޑައިގަތީ ޓީވީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.

މޫސަ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުވެސް، ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ޓީވީ ތަކުން ފެންނާނެ ކަމުގައެވެ.

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު