އުރީދޫއިން ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރުމަށް ހުޅުވާލައިފި

ޢަލީ ޔާމީން

ހާއްސަ ޕްލޭންތަކަކާއި އެކު އުރީދޫން ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓް ފޯނުތައް ޕްރީއޯޑަރ ކުރުމަށް ހުޅުވާލައިފިއެވެ. 

އުރީދޫން ކޮށްފައިވާ އިއުލާނެއްގައި ވަނީ، މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.އަދި އުރީދޫ މެދުވެރިކޮށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއް ގޮތުގައި 50 އިންސައްތަ ޑިސްކައުންޓް އާއި އެކު ސެމްސަންގ ގެލެކްސީ ވޮޗް އެކްޓިވް ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.ފުލް ޕޭމަންޓް ޕްލޭންމި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.
އަގު (ރފ.)ކެޕޭސިޓީހޭންޑްސެޓް15,899256 ޖީބީސެމްސަންގގެލެކްސީ ނޯޓް 1018,399256 ޖީބީސެމްސަންގގެލެކްސީ ނޯޓް 10+


މަހުންމަހަށް ފައިސާދައްކާ ޕްލޭން.މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. އެންމެ 2,999ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެއެވެ.އަގު (ރފ.)ޑައުންޕޭމަންޓް(ރ.)ކެޕޭސިޓީހޭންޑްސެޓް1,1002,999256 ޖީބީސެމްސަންގގެލެކްސީ ނޯޓް 101,316.672,999256 ޖީބީސެމްސަންގގެލެކްސީ ނޯޓް 10+


ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ ޕްރީ-އޯޑަރ ކުރެއްވުމަށް،http://ore.do/note10އަށް ޒިޔާރަތްކުރައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު