ދިޓީވީގެ ލައިސަންސް ބާތިލް ކޮށްފި

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އައި ދިޓީވީ ހިންގުން ހުއްޓާލާފައިވާތާ އަހަރުތަކެއް ފަހުން، އެ ޓީވީ ހިންގަން ދޫކޮށްފައިވާ ލައިސަންސް ބާތިލު ކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށި އަމިއްލަ ޓީވީ ސްޓޭޝަނަކީ ދިޓީވީއެވެ.

ދިޓީވީ ވިޖޫދަށް އައިސްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ދިޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށި އަމިއްލަ ޓީވީ ސްޓޭޝަނެވެ. ދިޓީވީގެ ހިދުމަތް ހުއްޓާލީ އޯގަސްޓް 10، 2016 ގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް މިހާރު ބާތިލު ކޮށްފައިވާ ކަމަށާއި، ދިޓީވީ ހިންގަން ދޫކުރި ލައިސަންސް ބާތިލުކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. 

އަދި ދިޓީވީގެ ލައިސަންސް ބާތިލް ކޮށްފައި ވަނީ އެ ލައިސަންސް ދޫކުރި، ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިގެން ކަމަށްވެސް ބްރޮޑްކޮމް އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު