އެމް.ޑަބްލިޔު.އެސް.ސީގެ 66 މުވައްޒަފަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

ޢަލީ ޔާމީން

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ގެ 66 މުވައްޒަފަކަށް ހިންގައިފިއެވެ.

މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވައި، މި ބާވަތުގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ.

މި މަހުގެ ދެވަނަ ދުވަހުން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހިންގުނު މި ޕްރޮގްރާމްގައި އެމް.ޑަބްލިޔު.އެސް.ސީގެ ސީނިއަރ މެނޭޖްމަންޓާއި، ސުޕަވައިޒަރ ލެވަލްގެ މުވައްޒަފުންނާއި، ހިއުމަން ރިސޯސް އަދި ލީގަލްގެ މުވައްޒަފުން ހިމެނޭ ގޮތަށް، ޖުމުލަ 55 ފިރިހެން މުވައްޒަފަކާއި 11 އަންހެން މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގެ އިތުރުން، މިނިސްޓްރީން މި އަހަރު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 50 މުވައްޒަފަކަށް ވެސް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު