ބޮޑީޓެކް: ޖީބަށް ލުއި، ހިދުމަތް އެއްވަނަ!

އައިޝަތް ޝިރުފާ އަލީ

ދުޅަހެޔޮ ސިއްހަތަށް ލޯބިކުރުމާއި، ކަސްރަތީ ހަށިގަނޑެއް ދެމެހެއްޓުމުގެ ރަނގަޅު އާދަ ދިވެހިންގެ މެދުގައި މަޤުބޫލުވަމުން އަންނައިރު ޤަވައިދުން ޖިމަށް ދާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ބޮޑީޓެކްއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ޒުވާނުންގެ ބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާ ޖިމެކެވެ.

ޖިމެއްގައި ހުންނަން ޖެހޭ ހުރިހާ ވެރައިޓީތަކުގެ އިކުއިޕްމަންޓްސް ހިމެނޭ ބޮޑީޓެކް ހާއްސަވާ ސަބަބުތައް ގިނައެވެ. އެންމެ ފާހަގަކޮށްލެވެނީ ޖިމްގެ ހުރިހާ ޕެކޭޖްތަކެއްވެސް އަތްފޯރާ އަގުތަކުގައި ހުރުމެވެ. ޖިމްގެ އާންމު މެމްބަރޝިޕްގެ އަގަކީ 1،000 ރުފިޔާއެވެ. ޕީކް ނޫން ގަޑިތަކަށް ހާއްސަ "އޮފް ޕީކް ޕެކޭޖް"ގެ އަގަކީ 742 ރުފިޔާއެވެ. ސްކޫލް ދަރިވަރުންނަށް ހާއްސަ "ސްޓޫޑެންޓް ޕެކޭޖް"ގެ އަގަކީ 689 ރުފިޔާއެވެ. އަދި ކޮލެޖް ނުވަތަ ޔުނިވަރސިޓީ ދަރިވަރުންނަށް ހާއްސަ ޕެކޭޖްގެ އަގަކީ 795 ރުފިޔާއެވެ.


މި ޕެކޭޖްތަކުގެ އިތުރުން ދާދި ފަހުން ބޮޑީޓެކުން ވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ހާއްސަކޮށް 600 ރުފިޔާގެ ޕެކޭޖެއްވެސް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖަކީ ޝިފްޓް ޑިއުޓީ އަދާ ކުރާ ފަރާތްތަކާއި، އޮފީހުގެ ބްރޭކްގަޑީގައި ޖިމަށް ދާ ފަރާތްތަކުގެ އިތުރުން ޕީކްނޫން ވަގުތު ޖިމަށް އަންނަން ބޭނުން ފަރާތްތަކަށް ހާއްސަ ޕެކޭޖެއްކަމަށް ބޮޑީޓެކުން މައުލޫމާތު ދެއެވެ.

ބޮޑީޓެކްގައި ފެންވެރޭނެ އިންތިޒާމް ހަމަޖެހިފައިހުރުމަކީ މެމްބަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ. ހާއްސަކޮށް ބުރަކޮށް އުޅޭ ފަރާތްތަކަށް ވަގުތު ސަލާމަތްކުރުމަށް އެހީވެދޭ ކަމެކެވެ. 

ޕާސަނަލް ޓްރެއިނަރެއް ނުނެގި ނަމަވެސް ކޮންމެ ގަޑިއެއްގައިވެސް ކަސްރަތުގައި އިރުޝާދުދެއްވާނެ އިންސްޓަކްޓަރުން ތިބުމަކީވެސް ބޮޑީޓެކްގެ ފާހަގަކޮށްލެވޭ ހާއްސަކަމެކެވެ. އެގޮތުން ބޮޑީޓެކްގައި ހުރިހާ ވަގުތެއްގައިވެސް ހަ އިންސްޓްރަކްޓަރުން ހަރަކާތްތެރިވާކަމަށް ޖިމުން މައުލޫމާތު ދެއެވެ. ހާއްސަކޮށް އަލަށް ޖިމަށްދާން ފަށާ ފަރާތްތަަކަށް ޕާސަންލް ޓްރެއިނަރ ނުލާވެސް ޖިމްގެ ވަސީލަތްތައް އޭގެ އެންމެ އެކަށޭނަ ގޮތުގައި ބޭނުންކޮށް، އުންމީދުކުރާ ޓާގެޓަށް ވާސިލުވުމަށް އިންސްޓްރަކްޓަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ބޮޑީޓެކުން އަރުވައެވެ.

ބޮޑީޓެކުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްވެސް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. ބޮޑީޓެކުން ބުނީ އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ކުދިންނަށް ހިލޭ ކަސްރަތު ޕްރޮގްރާމްތައް ހިންގައިދިނުމުގެ މަސައްކަތްވެެސް ކުރަމުން ދާކަމަށެވެ.


ބޮޑީޓެކުގެ އަމާޒަކީ ޖިމްގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމާއި އެކުވެރި މާހައުލެއްގައި ޖިމްގެ މެމްބަރުން ހިތްހަމަޖެހުމާއެކު ކަސްރަތު ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދިނުމެވެ. ބޮޑީޓެކްގެ އިންސްޓްރަކްޓަރުން ކޮންމެ ހިދުމަތެއްވެސް ފޯރުކޮށްދެނީ ހިނިތުންވުމާއެކުއެވެ. އަދި މެމްބަރުންގެ ހިތްހަމަޖެހުމަށްޓަކައި އާތްއަވަރ ފަދަ ބައިނަލްއަގުވާމީ ދުވަސްތައް ފާހަގަކުރަމުން ދާކަންވެސް ބޮޑީޓެކުން ފާހަގަކުރިއެވެ.

ގަލޮޅު އަނބުގެ ދެވަނަ ފަންގިފިލާގައި ހުންނަ ބޮޑީޓެކުން ވަނީ އެކި އުމުރުފުރާތަކުގެ، ދެ ޖިންސުންގެ މީހުންނަށްވެސް ހިތްހަމަޖެހުމާއެކު ކަސްރަތުކުރުމުގެ މަގުފަހިކޮށްދީފައެވެ. ބޮޑީޓެކް ހުޅުވާފައި ހުންނާނީ ފަތިހު 05:30 އިން ރޭގަނޑު 22:30 އަށެވެ. ޖިމްގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 7937777 އަށް ގުޅުމުން ލިބޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު