ކުޅުދުއްފުށި އެއަރޕޯޓަށް ދަތުރުކުރުމަށް އޮންލައިންކޮށް ޓިކެޓް ނެގޭ ގޮތް ހަމަޖައްސައިފި

ޢަލީ ޔާމީން
ފޮޓޯ: ވީނިއުސް ފޮޓޯ: ވީނިއުސް

މޯލްޑިވިއަން އިން ހދ.ކުޅުދުއްފުށްޓަށް ކުރަމުން އަންނަ ދަތުރުތަކުގެ ޓިކެޓް އޮންލައިންކޮށް ނެގޭނެ އިންތިޒާމް އެއާލައިނުން ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުން މޯލްޑިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް އޮންލައިންކޮށް ޓިކެޓް ނެގޭނެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުތައް ފެށީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. 

ހަފްތާއަކު ތިން ފްލައިޓް ކުޅުދުއްފުއްޓަށް މޯލްޑިވިއަން އިން ދަތުރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު