ލަގްޒަރީ ޚިދުމަތްތަކާއިއެކު، އާމިނަ ރެސިޑެންސީގައި ޚާއްސަ ލައުންޖެއް ހުޅުވައިިފި

އައިޝަތް ޝިރުފާ އަލީ

ތަފާތު މުނާސަބާތައް ބޭއްވުމަށާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ލައުންޖެއް މާލޭގައި ހުޅުވައިފިއެވެ. ފާލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މަޝްހޫރު ގެސްޓްހައުސް، އާމިނަ ރެޒިޓެންސީގެ އެގާރަ ވަނަ ފަންގިފިލާގައި ހުޅުވި އާމިނަ ލައުންޖަކީ، ހިތްފަސޭހަ ލަގްޒަރީ މާހައުލެއްގައި ރީތި ވިއުއަކާއެކު މުނިފޫހި ފިލުވުމުގެ ހިދުމަތްތައް ހިމެނޭގޮތަށް އެކި މުނާސަބަތުތައް ބޭއްވުމަށް ހާއްސަކުރެވިގެން ހުޅުވުނު ލައުންޖެއްކަމަށް އާމިނަ ރެސިޑެންސީއިން މައުލުމާތު ދެއެވެ. 

އާމީނަ ލައުންޖުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، މުނިފޫހި ފިލުވުމަށް ހާއްސަ ކަރޯކޭގެ ހިދުމަތާއި، ތަފާތު ވީޑިއޯ ގޭމްތައް ކުޅުމުގެ ފުރުސަތު ހިމެނެއެވެ. ސައުންޑް ސިސްޓަމާއި އެޗްޑީ ޓީވީވެސް ހުންނަ މި ލައުންޖްގައި ރަހުމަތްތެރިންނާއެކު ފިލްމް ނުވަތަ ކުޅިވަރު މެޗްތައްވެސް ބަލާލެވެއެވެ. ހަމައެއާއެކު ބަދިގެއާއި ކާގެއެއްވެސް މި ލައުންޖްގައި ހުރެއެވެ.

މި ލައުންޖަކީ ހިތްފަސޭހަކަމާއި އެކު ހަމަޖެހިގެން އަރާމުކޮށްލުމުގެ ފުރުސަތު ފަހިވެފައިވާ ލައުންޖެކެވެ. އެގޮތުން މި ލައުންޖުގައި ޕޫލް ޓޭބަލްއަކާއި ސަންޑެކް އަދި ޖަަކޫޒީއެއްވެސް ހިމެނެއެވެ.

އުފަންދުވަސް ފާހަކުރުމަށާއި، ރައްޓެހިން އަދި އާއިލީ އެއްވުންތަކާއި، ކޯޕަރޭޓް އެއްވުންތަކުގެ އިތުރުން، ކުޑަ ޗުއްޓީއެއް ހޭދަކޮށްލުމަށްވެސް އެކަށޭނަ މި ލައުންޖްގެ ބޭނުން ހިފުމުގެ ފުރުސަތު ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށްވެސް އޮންނާނެކަމަށް އާމިނަ ރެސިޑެންސީއިން މައުލޫމާތު ދެއެވެ. 


އާމިނަ ލައުންޖްގެ ހިދުމަތްތައް ބަހާލެވިފައިވަނި ހެނދުނު އަދި ހަވީރު ސެޝަަނަށެވެ. ހެނދުނު 9:00އިން މެންދުރުފަހު 15:00 އަށް ހަމަޖައްސާފައިވާ ސެޝަން ބުކް ކުރާނަމަ އަގަކީ 4،000 ރުފިޔާއެވެ. ހަވީރު 16:00 އިން ރޭނގަޑު 21:00އަށް ބުކްކުރާނަމަ އަގަކީ 5،000 ރުފިޔާއެވެ. މީގެ އިތުރުން ގެސްޓުން ބޭނުންވާ ގޮތަށް ގަޑިތަކަށް ބަދަލުގެނައުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ލައުންޖުން ބުނެއެވެ. 

 

އާމިނަ ލައުންޖް ބުކްކުރުމަށް ބޭނުންނަމަ އާމިނަ ރެޒިޑެންސީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން ނުވަތަ، 7916003 ނަންބަރު ފޯނަށް ގުޅައިގެންވެސް ބުކް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު