ޓީޗަރުންނަށް ހާއްސަ ގިފްޓް ވައުޗަރެއް ބޮޑީޓެކުން ތައާރަފުކޮށްފި

އައިޝަތް ޝިރުފާ އަލީ

ޓީޗަރުންގެ ދުވަހަށް ހާއްސަކޮށް ޓީޗަރުނަށް ބޮޑީ ޓެކުން ހާއްސަ ގިފްޓް ވައުޗަރ އެއް ތައާރަފްކޮށްފިއެވެ.

1000 ރުފިޔާގެ މި ގިފްޓް ވައުޗަރ މެދުވެރިކޮށް އެއް މަހުގެ ޖިމް މެމްބަރޝިޕް މުޅިން ހިލޭ ލިބޭނެއެވެ. މިއަހަރުގެ ނިޔަލަށް މި ގިފްޓްކާޑް ބޭނުންކުރެވޭނެ އެވެ.

މިއީ ޓީޗަރުންގެ ދުވަހާ ގުޅިގެން ހަދިޔާއެއް ދޭން ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމަށް ތައާރަފްކުރި ގިފްޓް ވައުޗަރއެކެވެ.

އަދި މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ އިތުރުން، ޓީޗަރުން ކޮށްދޭ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޮޑީ ޓެކުން ހުޅުވާލި ފުރުސަތެއް ކަމަށް ޖިމުން މައުލޫމާތުދެއެވެ. 

ކިޔުންތެރިންގެ ހިޔާލު