އުރީދޫ ކަލަރ ރަން ނޮވެމްބަރު މަހު ހުޅުމާލޭގައި!

ޢަލީ ޔާމީން
ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އުރީދޫ ކަލަރ ރަން، ނޮވެމްބަރު މަހުގެ 29 ވަނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ. 

އުރީދޫން ބުނީ، ކަލަރ ރަންގައި ދުވާ ދުވުންތެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި، މިއަހަރުގެ ކަލަރ ރަން އޮންނަ ދުވަހުގެ ހެނދުނުގައި ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް ބޭއްވިގެންދާނެ ކަމަށެވެ.އުރީދޫ ކަލަރ ރަންގެ ރަޖިސްޓްރޭޝަން މިހާރު ހުޅުވާލައިފައިވާއިރު، ބައިވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. މިގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރކޮށްދޭނެއެވެ.އުރީދޫ ކަލަރ ރަން އަށް ރަޖިސްޓަރ ކުރުމަށް:1. މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކުރަށްވާ. ރާއްޖޭގެ ކޮންމެ ނެޓްވާރކެއްގެ ނަމްބަރެއް ބޭނުންކޮށްގެންވެސް މި އެޕަށް ލޮގިން ކުރެވޭނެ.2. "ޝޮޕް ނައު" އަށް ފިއްތަވާ.3. ބޭނުންވެލައްވާ އުރީދޫ ކަލަރ ރަން ކިޓް، އަދިސައިޒް ޗާޓާއި އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ޙިޔާރުކުރެއްވުމަށް ފަހު، 'ބައި ނައު' އަށް ފިއްތަވާ.4. މޫލީގެ ކާޓް ޚިޔާރުކުރެއްވުމަށް ފަހު، ޗެކް އައުޓް ކުރައްވާ.5. ކާމިޔާބުކަމާއި އެކު ރަޖިސްޓަރ ވުމާއިއެކު، އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ މައުލޫމާތު ލިބިގެންދާނެ.އުރީދޫ ކަލަރރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެއެވެ.ކުރީގެ އަހަރުތަކާއި އެއްފަދައިން، އުރީދޫ ކަލަރ ރަންގެ އިވެންޓް ޕާޓްނަރ އަކީ ޔުނިކްސް ސްޕޯޓިންގް އެވެ.ފާއިތުވެދިޔަ ޖޫން މަހު އައްޑޫގައި އުރީދޫ ކަލަރ ރަން އެއް ބޭއްވިފައިވާއިރު، މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލަރ ރަން އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަންް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ.އުރީދޫ ކަލަރ ރަން އަދި ރަޖިސްޓްރޭޝަން އާއި ބެހޭ އިތުރު އުރީދޫގެ މީސްމީޑިޔާ ޕޭޖުތަކުން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު