ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ވެހިކަލް/ މެޝިނަރީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

ޢަލީ ޔާމީން

ތިލަފުށި އަދި ގުޅީފަޅުގެ ބެލެނިވެރިފަރާތް ކަމުގައިވާ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ވެހިކަލް އަދި މެޝިނަރީ ސްޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައިވަނީ، ވެހިކަލް/ މެޝިނަރީ ގަނެ ސަޕްލައިކޮށްދެއްވުމުގެ ތަޖުރިބާއާއި، ޤާބިލްކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް، ހުޅުވާލައިފައިވާ ކަމަށެވެ.

ޖީ.އެމް.އައި.ޒެޑް.އެލް ހޯދަން އިއުލާންކޮށްފައިވާ ވެހިކަލްތައް:

  • އެކްސްކަވޭޓަރ 30،000 ކިލޯ
  • ވީލް ލޯޑަރ  13،000 ކިލޯ
  • ޑަމްޕް ޓަރަކް 15،000 ކިލޯ
  • ޑަމްޕް ޓްރަކް 5،000 ކިލޯ

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަކަށް ވަނީ ހުޅިވާލެވިފައެވެ. އަދި މައުލޫމާތު ކަރުދާސް ދޫކުރުން، މިމަހުގެ 13 ވަނަ ދުވަހުގެ 13:00 އިން ފެށިގެން ފެންބިލްޑިންގގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ޖީ.އެމް.އައި.ޒެޑް.އެލްގެ ހެޑް އޮފީހުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ފްރީ ބިޑް މީޓިންގ މިމަހުގެ 17 ވަނަ ދުވަހުގެ 10:30 ގައި އޮންނައިރު، ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކަމަށް ޖީ.އެމް.އައި.ޒެޑް.އެލް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު