މަސައްކަތުގެ މާހައުލުގައި ސަލާމަތީ ގޮތުން ބޭނުންކުރާ ހުރިހާ ސާމާނެއް ލިބޭނެ ފިހާރައެއް މާލޭގައި ހުޅުވައިފި

އަލީ އިބްރާހިމް
Flowers އޮސްޓްރާވާ ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން- ފޮޓޯ/ޖަޒީރާ

މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ހުރިހާ ސަލާމަތީ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

"އޮސްޓްރާވާ" ގެ ނަމުގައި އަލިކަލޭގެފާނު މަގުގައި ރޭ ހުޅުވުނު އެ ފިހާރައަކީ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް، ހާއްސަކޮށް، އިމާރާތްކުރާއިރު ބޭނުންކުރާ ސަލާމަތީ ތަކެއްޗަށް ހާއްސަކޮށްގެން ހުޅުވުނު ފިހާރައެކެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ރޭ 20:30ގައި "އޮސްޓްރާވާ" ހުޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފާއި އޮސްޓްރާވާގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާފިއުއެވެ.


"އޮސްޓްރާވާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ސިޓީ ކައުންސިލްގެ ޑެޕިއުޓީ ސަމާއު ޝަރީފް ވިދާޅުވީ ސަލާމަތީ ތަކެތި އެއްތާކުން ލިބޭނެ ފިހާރައެއް ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖެއަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ސަމާއު ވިދާޅުވިއެވެ.

"ރާއްޖެއަށް ވަރަށް މުހިންމު ހަޤީގަތުގައި އޮސްޓްރާވާ ކަހަލަ ސަލާމަތީ ތަކެތި އެއްތަނަކުން ލިބޭނެ ފިހާރައެއްް ހުރުން" ސަމާއު ވިދާޅުވުއެވެ.

މީގެ އިތުރުން ސަލާމަތާއި ރައްކާތެެރިކަމަށް ބޭނުންކުރަން ޖެހޭ ތަކެތި ނުވަތަ އެއްވެސް ސަލާމަތީ ފިޔަވަޅެއް ނެތި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ މަސައްކަތްތެރީން އުޅޭކަން ސަމާއު ފާހަގަކުރެއްވިއެވެ.

އަލިކަލޭގެފާނު މަގުގައި ހުޅުވިގެން ދިޔަ "އޮސްޓްރާވާ"އިން އިމާރާތްކުރުމުގައި ބޭނުންވާ ސަލާމަތީ ތަކެއްޗާއި، ނަރުހުންނާއި، ޑޮކްޓަރުންގެ އިތުރުން ކައްކާއިންނާއި ވެއިޓަރުންނާއި މިނޫންވެސް ގިނަ ފަރާތްތަކުން މަސައްކަތުގެ މާހައުލުގައި ސަލާމަތީ ގޮތުން ބޭނުން ކުރަން ޖެހޭ ސާމާނާއި ތަކެތި ލިބޭނެއެވެ.

އަލަށް ހުޅުވިގެންދިޔަ "އޮސްޓްރާވާ"ގެ ޝޯވ ރޫމްއާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން  "އޮސްޓްރާވާ"ގެ އެމްޑީ، މުހައްމަދު ރަފީއު ވިދާޅުވީ، އޮސްޓްރާވާގެ ބޮޑު ފިހާރައެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ މަސައްކަތުގެ މާހައުލުގައި ސަލާމަތީ ގޮތުން ބޭނުން ކުރަން ޖެހޭ ހުރިހާ ސާމާނެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމުގައެވެ.


"އަޅުގަނޑުމެން މިއަދު މި ހުޅުވި ޝޯވް ރޫމަކީ މަސައްކަތުގެ މާހައިލުގައި ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓާއި، އެކި އިންޑަސްޓްރީތަކުގައި އެކި ހާލަތްތަކުގައި ލާން ޖެހޭ ފޭރާންތަކާއި ހުރިހާ އިންޑަސްޓްރީއަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ހުޅުވުނު ޝޯވ ރޫމްއެއް" ރަފީއު ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ އެ ޝޯވ ރޫމްއިން ވިއްކާ ހުރިހާ ސާމާނެއްވެސް އައިއެސްއޯ ނުވަތަ އީއެންގެ މިންގަނޑަށް ފެތޭނެ ކަމަށެވެ. "އޮސްޓްރާވާ" އިން ވިއްކާ ތަކެއްޗަކީ އިނގިރޭސިވިލާތާއި، އިޓަލީއާއި، ޖަރުމަނާއި ޑެންމާކު ފަދަ ގައުމުތަކުން އުފައްދާފައިވާ ފެންވަރު ރަނގަޅު ތަކެތި ކަމަށްވެސް ރަފީއު ވިދާޅުވިއެވެ.

"އޮސްޓްރާވާ"އިން ވަނީ ފޯލް ޕްރޮޑަކްޝަންގެ ހުރިހާ ސާމާނާއި ފުޓްއެންޑް ބެވަރޭޖު މީހުންނަށް ހާއްސަކޮށްގެން ލާ ޔުނިފޯމެއް އަލަށް ތައާރަފްކޮށްފައެވެ.


"އޮސްޓްރާވާ" ހުޅުވުމަށް ރޭ ބޭއްވި ގްރޭންޑް އޯޕެނިންގްގެ މިޔުޒިކާއި، ސައުންޑްގެ އިތުރުން ބެކްޑްރޮޕް ހަދާދީފައިވަނީ ޗޯޕާޓުންނެވެ.

"އޮސްޓްރާވާ" އަކީ މީގެ ކުރިންވެސް ސަލާމަތީ ތަކެތި އެކިއެކި އިންޑަސްޓްރީތަކާއި ރިސޯޓުތަކަށް ސަޕްލައި ކުރަމުން އައި ފަރާތެކެވެ. އެހެންކަމުން އައު ޝޯވ ރޫމާއި އެކު އެމީނުންގެ މަސައްކަތް އެތައް ގުނައެއް ފުޅާވެ އެއްފުރާޅެއްގެ ދަށުން  ސަލާމަތީ ގޮތުން ބޭނުން ކުރަން ޖެހޭ ތަކެތި ލިބުމުގެ ފުރުސަތު މިހާރު މިވަނީ ފަހިވެފައެވެ.

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު
ސާބަސް ކުރިޔަށް
ދުނިޔޭގައި އުޅޭ އިރު، ރައްކާތެރި ގޮތްގޮތް ބަލައިގެން އުޅެންޖެހޭނީ.