މައި ކޮލެޖުގެ ސީއީއޯއަކަށް ހަލީމް

ޢަލީ ޔާމީން

މަތީ ތައުލީމުގެ ތަފާތު ގިނަ ކޯސް ތަކެއް ހިންގާ، މައި ކޮލެޖުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ހަލީމް ހަމައްޖައްސައިފި އެވެ.

ހަލީމް ވަނީ މީގެ ކުރިން މައި ކޮލެޖުގެ ވައިސް ރެކްޓާގެ މަގާމުވެސް އަދާކޮށްފައެވެ.

ހަލީމް މި މަގާމަށް އައްޔަން ކޮށްފައިވަނީ ބެންކޮކުގައި މައި ކޮލެޖުން ބޭއްވި ތިން ވަނަ ލީޑާސް ސަމިޓުގަ އެވެ.

މި ސަމިޓުގައި މައި ކޮލެޖުގެ ސީނިއާ މެނޭޖްމެންޓުގެ އިސް ހުރިހާ ބޭފުޅުން ބައިވެރިވި އެވެ.

ތައިލެންޑުގައި ބޭއްވި މައި ކޮލެޖުގެ މި ސަމިޓުގައި ރާއްޖޭގައި ހިންގާ މައި ކޮލެޖުގެ ކެމްޕަސްތަކުގެ މެނޭޖަރުން ވެސް އައްޔަން ކޮށްފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރަކަށް އަހްމަދު ފަހީމް އައްޔަން ކޮށްފައިވާއިރު، ނ. ހޮޅުދޫ ކެމްޕަހަށް މުމްތާޒް އިބްރާހިމް އަދި ރ. މީދޫ ކެމް ޕަހަށް އިބްރާހިމް ރަޝީދު ހަމަޖެއްސިއިރު، ގއ. ވިލިނގިލި ކެމްޕަހަށް އަލީ ހަސަންގެ އިތުރުން ލ. ގަމު ކެމްޕަހުގެ މެނޭޖަރަކަށް އަހްމަދު ފަހީމް އައްޔަން ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު