ޕްރިމިއާ ލީގުގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ކޮކަކޯލާ އިން ފަށައިފި

ޝަރޫނާ އަބްދުﷲ

އިނގިރޭސި ޕްރީމިއާ ލީގުގެ މެޗްތައް ބަލައިލަން ދެވޭނެ ފުރުސަތު ލިބޭ، މުޅިން އައު ޕްރޮމޯޝަނެއް ކޮކަކޯލާ އިން އިއުލާނު ކޮށްފިއެވެ.

މާރޗު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ފެށި މި ޕްރޮމޯޝަން ކުރިއަށްދާއިރު، ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ރަން ކުލައިގެ މަތިގަނޑު ޖެހި ކޮކަކޯލާ ފުޅީގެ މަތިގަނޑުގައިވާ އަދަދު 2626 އަކަށް އެސްއެމްއެސް ކުރާނީއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ކީޕަރު އިމްރާން މުހައްމަދާއި ކޮކާކޯލާގެ ރާއްޖޭގެ ގޮފީގެ ޖެނަރަލް މެނޭޖަރު މިލިންދު ދެރަސާރީ، މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި އިރު އެ ދެބޭފުޅުން ވަނީ ކުޑަ ފުޓުބޯޅަ މެޗެއް ވެސް ކުޅެފައެވެ.

" ރާއްޖޭގެ ރައްޔިތުންނަކީ ފުޓުބޯޅައިގެ ތެރޭގައި ދިރިއުޅޭ ބައެއް، ފިރިހެނަކަސް އަންހެނަކަސް ތަފާތެއް ނެތް، އެންމެންވެސް ފުޓުބޯޅައަށް ވަރަށް ޝައުގުވެރިވޭ" މިލިންދު ދެރަސާރީގެ ވާހަކައިގައި ފާހަގަ ކޮށްލިއެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުލުން ޕީއެސްއެމް އިން، ކޮންމެ ރެއެެއްގެ 19:50 ގައި ދައްކާނެއެވެ. އެންމެ ފުރަތަމަ ގުރުއަތުލުން އޮންނާނީ 30 ޖެނުއަރީ 2019 ގައެވެ.

މި ޕްރޮމޯޝަންގެ ދަށުން އިނގިރޭސި ވިލާތަށް ގޮސް ޕްރީމިއާ ލީގުގެ މެޗެއް ބަލާލުމުގެ އިތުރުން ހިލޭ ސައިޓްސީންގެ ފުރުސަތުވެސް ހަތް ފަރާތަކަށް ލިބިގެންދާނެއެވެ. ނަސީބު ވެރިންނަށް އެކުގައި އެހެން ބައިވެރިއަކުވެސް ގެންދެވޭނެއެވެ

ކިޔުންތެރިންގެ ހިޔާލު