މާފުށީގައި ހިނގައިދިޔަ ހާދިސާގެ ސަބަބުން ފަތުރުވެރިކަމަށް ބުރޫއަރާފާނެބާ؟

ނަފްހާ ހަމީދު
ކ.މާފުށި:ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް ކ.މާފުށި:ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް

ނިމިދިޔަ ހަފްތާ އަޅުގަނޑުމެންނާއި އަލްވަދާއުކީ، އަޅުގަނޑުމެންގެ ތެރޭގައި މަދުން ނޫނީ ނީވޭ ޚަބަރަކާއިއެކުއެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްގެން އުޅޭ ފަތުރުވެރިޔަކާއި މާފުށީގައި މަސައްކަތް ކުރާ ފުލުހުންނާއި ދެމެދު ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ސަމާލުކަން ވަނީ މި ހަމަނުޖެހުމަށް ލިބިފައެވެ.



ބައެއްފަރާތްތަކުން މި ޙާދިސާގައި ފަތުރުވެރިޔާގެ ދިފާއުގައި ވާހަކަ ދައްކަމުންދާއިރު، އަނެއްބަޔަކު މިކަމާއި ދެބަސްވެ ފަތުރުވެރިޔާގެ މި ޢަމަލުތައް ކުށްވެރިކޮށްފައެވެ. މި ޢަމަލާއިގުޅޭ ގޮތުން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ވަރަށް ގިނަ ބަހުސްތައް ދަނީ ކުރެވެމުންނެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރޯށި ކަމުގައިވާ ޓުއަރިޒަމްއަށް މިކަމުގެ އަސަރު ކޮށްފާނެތޯއެވެ؟



ރާއްޖެ އަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުގެ ސަބަބުން މިފަދަ ކުޑަ ކުޑަ ކަމަކުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ފޫނުބެދޭ ފަދަ ގެއްލުންތަކެއް ވެދާނެއެވެ.


ދުނިޔޭގެ އެކި ހިސާބު ތަކުގައި، ރާއްޖޭގެ މިފަދަ ކަންތައްތަކަށް ވަރަށް ގިނަ ބައެއްގެ ލޯތައް އަމާޒުވެގެންދާނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެހެންކަމުން މި ޢަމަލާއި ގުޅިގެން "ދުނިޔެ މަތީގެ ސުވަރުގޭގެ" ނަމުން މަޝްހޫރުވެފައިވާ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެންދާނޭ ކަމާއި މެދު ޝައްކެއްވެސް ނެތެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، "ޑްރީމް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ދިވެހިރާއްޖެއަށް އައުމުގެ ޚިޔާލު މުޅިން ދޫކޮށްލަން ޖެހެއެވެ. އަދި އަނެއް ބައި މީހުން މި ޢަމަލު ސިފަ ކުރަމުންދަނީ، އިންސާނުންގެ ޙައްގު ތަކަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައެވެ. 




މި ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ކޯލިޝަން ތެރޭގައިވެސް ދަނީ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރެވެމުންނެވެ.

މިމައްސަލައާއި ގުޅިގެން ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ، މާފުށީގައި ފަތުރުވެރިއެއް ހައްޔަރުކޮށްފައިވަނީ ގޯހުން ނޫން ކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށާއި، ހާލަތާއ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މި އެންމެ ކަމަކީ ރާއްޖޭގެ ރީތިނަން ޚަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަންކަމުގައެވެ.


ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފުލުހުން ކަންކުރެއްވީ ރަނގަޅަށްކަމަށް ވިދާޅުވެފައިވަނިކޮށެވެ. މީގެ އިތުރުން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ހާމަ ކުރާ ގޮތުގައި، ފުލުހުން ކަންތައްކޮށްފައިވަނީ ގޯސްކޮށް ކަމަށާއި މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނަމުގައި، ފަތުރުވެރިޔާއާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މާފަށްއެދޭކަމަށެވެ.



ކޮންމެއަކަސް މާފުށިން ހައްޔަރުކުރި ޓްރެވެލް ބްލޮގަރ ސެސިލިއާ ޖަސްޓްޒެމްބްސްކާ ހައްޔަރުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވެފައިވަނީ އެ ހާދިސާއަކީ ހިތާމަ ކުރައްވާ ހާދިސާއެއް ކަމަށާއި ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއިން ދައުވަތު އަރުވާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަތުރުވެރިޔާ ކިބައިން މާފަށް އެދުނުއިރު އިނގިރޭސި ވިލާތުގެ ގިނަ ރައްޔިތުންދަނީ ސެސިލިއާގެ މި ޢަމަލު ކުށްވެރިކޮށް މީސްމީޑިޔާގައި ޝުޢޫރު ފާޅުކުރަމުންނެވެ.
މިމައްސަލައާއި ގުޅިގެން އިނގިރޭސި ވިލާތުންވަނީ އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ހެދުން އެޅުމުގައި، ރާއްޖޭގެ ގަވާޢިދުތަކާއި އެއްގޮތަށް ހެދުން އެޅުމާއި ގުޅޭގޮތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު
ދެރަ
އަލަށްތަ ދިވެ ހިރާއްޖެއަށް ޓޫރިސްޓަކު އެއައީ. ނުވާނެ.. ދިވެ ހިރާއްޖެއަށް ދުވާލެއްގެ މައްޓަށް އެތައްސަތޭކަ ޓޫރިސްޓުން އާދޭ. އަދި އެމީސްމީ ހުން އަ ހަރުމެންގެ އާދަކާދައާއި ދީނަށް ވަރަށް އި ހުތިރާމްކުރޭ. އެމީ ހާ ވަކި މުއްދަތެއްވަންދެން ރާއްޖެ އަޔަނުދޭން ގޮވާލަން. 2 އަ ހަރު ނުވަނީސް ރާއްޖެއަށް އަޔަނުދީ. އަ ހަންނަކީވެސް ދިވެ ހި ރައްޔިތެއް.