ވިޔަފާރީގެ ޤާނޫނުގެ ދަށުން, އަހަރީ ފީ ނުދައްކައިގެން 35 ކުންފުންޏެއް އުވާލައިފި

ނަފްހާ ހަމީދު
ރެޖިސްޓްރާ އޮފް ކޮމްޕެނީސް ރެޖިސްޓްރާ އޮފް ކޮމްޕެނީސް

ވިޔަފާރީގެ ޤާނޫނުގެ ދަށުން, އަހަރީ ފީ ނުދައްކައިގެން އިކޮނޮމިކް މިނިސްޓްރީން 35 ކުންފުންޏެއް އުވާލައިފިއެވެ. 

މީގެ ކުރިންވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު މުޢާމަލާތްނުކުރާ ކުންފުނިތައް އުވާލުމަށް ނިންމާ ލިސްޓުތަކެއް އާންމުކޮށްފައެވެ. އަދި އެގޮތުން މިދިޔަ އަހަރު 1597 ކުންފުންޏެއް އުވާލުމަށް މނިސްޓްރީން ނިންމައި އިޢުލާނު ކުރިއެވެ.

މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރި މިލިސްޓުގައި 35 ކުންފުންޏެއް އުވާލާފައިވާއިރު، މި ލިސްޓުގައި ހިމެނެނީ 2015 ވަނަ އަހަރުގެ ފަހުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ.

ގިނަ ދުވަސްތަކެއް ވަންދެން މުޢާމަލާތް ނުކުރާ ކުންފުނިތައް އުވާލުމަށް މިނިސްޓްރީން ފަށާފައިވާއިރު ފާއިތުވި 22 އަހަރު ތެރޭގައި ފީނުދައްކާ ކުންފުނި ތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް މިނިސްޓްރީއަށް ހުށަނާޅާ ކުންފުނި ތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު