ޗައިނާއިން ސްޕެއަރ ޕާރޓް ލިބުންދަތިވެގެން ނިސާން ކުންފުނީގެ ޖަޕާންގެ ކާރުޚާނާ ހުއްޓުމަކަށް

އައިމިނަތު ޔުމްނާ
ޖަޕާނުގެ ނިސާން ކާރުޚާނާއެއްގައި ކާރު ތައްޔާރުކުރަނީ ޖަޕާނުގެ ނިސާން ކާރުޚާނާއެއްގައި ކާރު ތައްޔާރުކުރަނީ

ސެރީނާ އަދި އެކްސް-ޓްރެއިލް ފަދަ ކާރުތައް އުފައްދާ ޖަޕާންގެ ނިސާން ކާރުޚާނާއެއްގެ އުފެއްދުންތައްް ދެދުވަހަކަށް މަޑުޖައްސާލަން ނިންމައިފިއެވެ.

ޗައިނާގަ ސްޕެއަރ ޕާރޓް އުފައްދާ ތަންތަނުގެ މަސައްކަތް ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާ ވައިރަސް) ފެތުރެމުންދާތީ ބަންދުކޮށްފައިވުމުން ދުނިޔޭގެ ކާރު އުފައްދާ ގިނަ ކުންފުނިތަކަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

ކާރުފަަދަ އުޅަނދުތަކުގެ ގިނައަދަދެއްގެ މުހިންމު ސްޕްއަރ ޕާރޓް އުފައްދާ މައިގަނޑު ގައުމަކީ ޗައިނާ ކަމުގައި ވެފައި ، ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސަކީ ސްޕްއަރ އުފައްދާ ގިނަ ކާރުޚާނާތައް ހިމެނޭ އަވަށެކެވެ.

މިދިޔަ ހަފްތާގައި ފިއެޓް އިންވެސް ވަނީ ސްޕްއަރ ޕާރޓް ލިބުމުގައި ދަތިތައް ދިމާވާތީ ޔޫރަޕުގައި ކާރު އުފައްދަމުން އަންނަ  ކާރުޚާނާއެއްގެ މަސައްކަތް މަޑުޖައްސާލުމަށް ނިންމާފައެވެ.

ގިނަ ކާރުޚާނާތަކުގެ މަސައްކަތް ޗައިނީޒް އާ އަހަރަށްފަހު ހުޅުވުމަށް ނިންމާފައި ވީކަމުގައި ވިޔަސް ވައިރަސްގެ ސަބަބުން މުވައްޒަފުން ނައުމާއި، ކަމާބެހޭ ފަރާތްތަކުގެ އެންގުންތަކާއި އެކު ގިނަ ތަންތަން ވަނީ އަދިވެސް ބަންދުކުރެވިފައެވެ. 

 

ކިޔުންތެރިންގެ ހިޔާލު