އެލައިޑްގެ ޗެއަރމަން ކަމުން މުޙައްމަދު ރަޝީދު (ހިޔަލީ) އިސްތިއުފާ ދެއްވައިފި

އައިމިނަތު ޔުމްނާ
މުޙައްމަދު ރަޝީދު (ހިޔަލީ) މުޙައްމަދު ރަޝީދު (ހިޔަލީ)

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެލައިޑް އިންޝުއަރަންސްގެ ޗެއަރމަންގެ މަގާމަށް 2014 ވަނަ އަހަރު އައްޔަން ކުރެވުނު މުހައްމަދު ރަޝީދު (ހިޔަލީ)އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެލައިޑް އިންޝުއަރަންސް ގެ ފަރާތުން ފޭސްބުކްގައި ހިޔަލީގެ ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހިޔަލީ ރަޝީދު ޗެއަރމަން ކަމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް އެބޭފުޅާ ވޭތުވެދިޔަ އަހަރު އެކުންފުންޏަށް ދައްކުވައިދެއްވި މިސްރާބާ ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

ހިޔަލީ ވަނީ ރައްޔިތުން މަޖްލީހުގެ އައްޑޫ އަތޮޅުގެ ގޮނޑި ހަތަރު ދައުރު ފުރުއްވައި ، ކްލަބް ވެލެންސިއާ 34 އަހަރުވަންދެން ހިންގަވާ ، ކުޅިވަރުގެ ޤައުމީ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު