ޖޭޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިޔަށްދަނީ

އައިޝަތު ނިއުޝާ
ޖުމްޙޫރީޕާޓީގެ ޕްރައިމަރީގައި މީހަކު ވޯޓުލަނީ ޖުމްޙޫރީޕާޓީގެ ޕްރައިމަރީގައި މީހަކު ވޯޓުލަނީ

ލޯކަލް ކައުންސިލް އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް، ޕްރައިމަރީގައި ވޯޓްލުން ކުރިއަށް އެބަގެންދެއެވެ. 

ކައުންސިލް އިންތިޚާބަށް ޖޭޕީގެ ޓިކެޓު ހޯދަން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ކުރިއަށްދަނީ، ޤާސިމަށް އެންމެ ތާޢީދުބޮޑު 2 ރަށް ކަމުގައިވާ، އދ. މާމިގިއްޔާއި އަދި ފެންފުށީގެ އިތުރުން، މާލޭގެ މާފަންނު ހުޅަނގުއުތުރު ދާއިރާގައެވެ.

ޖޭޕީ ޕްރައިމަރީއަށް މާލޭގައި ތިން ވޯޓް ފޮށި ބަހައްޓާފައިވެއެވެ. އަދި މާމިގިލީގައި 2 ފޮށްޓާއި، އަދި ފެންފުށީގައި ވޯޓް ފޮށްޓެއްވަނީ ބަހައްޓާފައެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިޙް ވިދާޅުވީ، މިއަދު މެންދުރު 14:30އިން ފެށިގެން، މިރޭ 21:00 އާ ހަމައަށް، ވޯޓުލުން ކުރިއަށް ގެންދާނެކަމަށެވެ. ވޯޓްލާ ވަގުތު އިތުުރުކޮށްފައިވަނީ، ވޯޓްލުމަށް ގިނަބަޔަކު އަންނަމުންދިއުމުގެ އިތުރުން، މާމިގިލީގައި ބެހެއްޓި ވޯޓް ފޮށި ފުރި، އިތުރު ވޯޓް ފޮށްޓެއް އެރަށަށް ފޮނުވަން ޖެހުމުންކަމަށްވެސް ސްޕޯކްސްޕަރސަން ވިދާޅުވިއެވެ. 

 މި އިންތިޚާބުގައި  21 ކެނޑިޑޭޓުން މާމިިގިއްޔަށް ވާދަކުރެއެވެ. އޭގެ ތެރެއިން 4 ކެންޑިޑޭޓަކު މާމިގިލި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާއިރު، ކައުންސިލް މެންބަރު ކަމަށް 7 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ކައުންސިލްގެ އަންހެން ދެ ގޮނޑިއަށް 10 ކެންޑިޑޭޓުން ވާދަކުރެއެވެ.

މިއީ އިންތިޚާބަކާ ދިމާކޮށް، ޖޭޕީން ޕްރައިމަރީއެއް ބޭއްވި ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު