މާފުށިވަރު ރިސޯޓް އިތުރުފުރިހަމަ ކަމާއެކު މާރޗްމަހު ހުޅުވަނީ

އައިމިނަތު ޔުމްނާ
މާފުށިވަރު ރިސޯޓް މާފުށިވަރު ރިސޯޓް

ބޮޑު މަރާމާތަކާއި ، މުޅިން އާ ލަގްޒަރީ ފަރުމާއަކާ އެކު މާފުށިފަރު ރިސޯޓު އަލުން ހުޅުވުމަށް ތައްޔާރު ވެއްޖެއެވެ.


ވެލާނާ އިންޓަރނޭޗަނަލް އެއަރޕޯޓުން ފުރައިގެން 25 މިނެޓުން ދެވޭ މާފުށިވަރު ރިސޯޓް މިފަހަރު ފަރުމާ ކޮށްފައިވަނީ ވަރަށް ފުރިހަމަ ޒަމާނީ ފަރުމާތަކަކާ ބަދަލު ތަކާއި އެކުގައެވެ.


ޔޫރަޕްގެ ޑަރ ޓުއަރިސްޓިކް ހޮޓެލްސް އެންޑް ރެސޯޓްސް ގެ ދަށުން ހުޅުވާ މާފުށިވަރު ރިސޯޓަކީ މިކުންފުނިން 16 އަހަރަށް ފަހު ޔޫރަޕް ގައުމުތަކާ އެހާ ދުރުހިސާބެއްގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.


މާފުށިވަރުގެ ދިގުމިނުގައި 350 މީޓަރު ހުންނައިރު އެރަށުގެ އެއްކޮޅުން އަނެއްކޮޅަށް 10 މިނެޓް ތެރޭ ހިނގާލެވޭނެއެވެ. މާފުށީަވރު އަލުން ހުޅުވާއިރު ގައި 5 ކެޓަގަރީ އެއްގެ 81 ވިލާ ތައްޔާރުކޮށްފައި ވެއެވެ. މި ރިސޯޓުގައި ބީޗް ވިލާ އާއި ޕޫލް ވިލާގެ އިތުރުން ރަށުގެ ފަރުމަތީގެ ރީތި މަންޒަރުތައް ފެންނަ ވަރަށް ހިތްގައމު ވިލާ ތަކެއްވެސް ހުނާނެކަމުގައި މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު