ސްޓެލްކޯއިން މާލެއަށް އިތުރު އިންޖީނެއް ގެނެސްފި

އައިމިނަތު ޔުމްނާ
ސްޓެލްކޯ ގެ އިންޖީން ތައް ސްޓެލްކޯ ގެ އިންޖީން ތައް

ހޫނު މޫސުމާ ދިމާކޮށް މާލޭގައި ކަރަންޓު ބޭނުން ކުރުން އިތުރުވާނެތީ އަދި މިކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަށް 1.6 މެގަވޯޓް ގެ އިންޖީނެއް ގެނެސް ކެޕެސިޓީ 70.1 މެގަވޯޓަށް އިތުރުކޮށްފިއެވެ.

ހޫނު މޫސުމުގައި އާންމުކޮށް މާލޭގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެއެވެ. 2019 ވަނައަހަރުގެ މެއި މަހު އެކަނި 66 މެގަވޮޓް މާލޭގައި ބޭނުންކޮށްފައިވެއެވެ. މާލޭގައި އޭރުގެ ކެޕޭސިޓީއަކީ 68 މެގަވޯޓެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރާ ވަރު އިތުރުވެ މާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވިއެވެ.

ހުޅުމާލޭގައި ބްރިޖު މެދުވެރިކޮށް މާލޭ ސަރަހައްދުގެ ކަރަންޓް ވިއުގަ ގުޅަލުމުގެ މަސައްކަތްކުރަން 2016 ވަނަ އަހަރު ވަނީ ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކް އަކީ މާލޭ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއިން ވަނީ ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް ހަދާފައެވެ،

އެއް އަހަރުން އަނެއް އަހަރަށް މާލޭގައި ކަރަންޓު ބޭނުންކުރެވޭ ނިސްބަތް އަންނަނީ އިތުރުވަމުންކަން ފާހަގަ ކުރެވެއެވެ. އެެހެންކަމުން އަލަށް ފަށާފައިވާ ކަރަންޓު ވިއުގައިގެ މަޝްރޫއިން މިކަމަށް ހައްލެއް ލިބިގެން ދާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު