އިއްޔެމާލެއައި ކްރޫޒްލައިނާއަކުން ޓޫރިސްޓުން ނުފޭބިގެން ފުރައިފި

އައިމިނަތު ޔުމްނާ
ކްރޫޒް ޝިޕެއް ކްރޫޒް ޝިޕެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން މައުލޫމާތު ދީފައިވާގޮތުގައި އިއްޔެ މާލެއައި ކްރޫޒްލައިނާއަކުން ޓޫރިސްޓުން ނުފޭބިގެން ވަނީ ފުރައިގެން ގޮއްސައެވެ.

ސުޕަ ޔޮޓް ފަހަރާއި ސެލެބްރިޓީން ރާއްޖެ އަށްގެންނަ މާޔާގެ އޮފިޝަލަކު މައުލޫމާތު ދީފައިވާގޮތުގައި ޓޫރިސްޓުން ފައިބަން ބަދަރުގަ ޖާގަނެތުމަކީ ވަރަށް ދެރަކަމެއްކަމަށާއި، ރާއްޖޭގައި ކްރޫޒްލައިނާ ޓާމިނަލެއް ނެތުމުން ދަތިތަކާކުރިމަތިލާންޖެހެއެވެ. އަދި އެއްނަންބަރު ފާލަންކައިރި ނޫންތަނެއް މާލެއަކު މިގޮތަށްފައިބާ މީހުން މަޑުކުރަން ނެތްކަމަށާއި، އެމީހުން ފާހަނާ ކޮށްލެވޭނެ ވަސީލަތް ނެތްކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ކްރޫޒްލައިނާ އިން އަންނަ މީހުން މަޑުކޮށްލަން މަސްވެރިންގެ ޕާކް ސަރަހައްދުގައި ތަނެއް ހަދާފައި ވީނަމަވެސް އެތަނަކީ އެފަދަ މީހުން މަޑު ކުރަން އެކަށީގެންވާ ތަނެއް ނޫންކަމުގައި މައުލޫމާތު ލިބެއެވެ.

މާލެގެ ބަނދަރުގައި އިއްޔެ ތިން ކްރޫޒްލައިނާއެއް އޮތްނަމަވެސް މާކޯ ޕޯލޯ ކްރޫޒްޝިޕް ފުރުމުން މިހާރު ބަނދަރުގައި އޮތީ ނައުޓިކާ އާއި ކޮސްޓާ ވިކްޓޯރިއާ އެވެ. މި ކްރޫޒްލައިނާ ތަކުން ވެސް ގާތްގަނޑަކަށް 3،000 މީހުން މާލެ އަށް ފައިބާނެ ކަމަށް ބެލެވެ އެވެ. ކްރޫޒްލައިނާ ތަކުން އަންނަ މީހުން ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް ހިއްސާކުރާއިރު، މިފަދަ އުޅަނދު ތަކުން އަންނަ މީހުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި މަޑު ކުރުމުގެ އިތުރުން މާލެއިން ވިޔަފާރިވެސް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު