ބީއެމްއެލް ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފި

އައިމިނަތު ޔުމްނާ
ބޭންކް އޮފް މޯލްޑިވްސް ބޭންކް އޮފް މޯލްޑިވްސް
ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ދޭ މުއްދަތު ހަ މަސް ދުވަހަށް ފަސް ކުރަން ނިންމައިފި އެވެ.


ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބީއެމްއެލް އިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތަށް ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާއި ގޫޅޭ ތަފްސީލުތައް ބީއެމްއެލް އިން އާއްމުކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު