ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު މިއަދުން ފެށިގެން ހިލޭ

އައިމިނަތު ޔުމްނާ
އެމްޓީސީސީ ފެރީ ގެ ހިދުމަތް އެމްޓީސީސީ ފެރީ ގެ ހިދުމަތް

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ފައިސާ ގެންގުޅޭ މިންވަރު މަދުކުރުމަށް ޓަކައި އެއްފަހަރު ބޭނުންކުރާ ފެރީ ޓިކެޓް ޓޯކެންތައް ބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެއްފަހަރު ބޭނުންކުރާ ޓޯކެންތައް މަދުކޮށް، ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.

މިކާޑު ހިލޭ ބޭނުންކުރާނެ ވަކި މުއްދަތެއް އަދި އެމްޓީސީސީއިން ހާމަކޮށްފައެއް ނުވެ އެވެ. މާލެ އާއި ވިލިމާލޭ ފެރީގެ ދަތުރުކުރާ ފަރާތްތަކަށް ދެގޮތަކަށް ޓިކެޓު ނެގޭއެވެ. އެއީ އެއްފަހަރު ބޭނުންކުރާ ޓޯކެން އާއި މަހަކު އެއްފަހަރު އާކުރާ ކާޑެކެވެ. ވިލިމާލޭގައި އުޅޭ ރައްޔިތުން ގިނަ ފަހަރަށް ބޭނުންކުރާނީ ކޮންމެ މަހަކު އެއްފަހަރު އާކުރަން ޖެހޭ ނުވަތަ ޓޮޮޕްއަޕް ކުރަން ޖެހޭ ކާޑެކެވެ.


ކިޔުންތެރިންގެ ހިޔާލު