އެސްޓީއޯއިން ޕެޓްރޯލް އަދި ޑީސަލްގެ އަގު އަނެއްކާ ހެޔޮކޮށްފި

އައިމިނަތު ޔުމްނާ
ޕެޓްރޯލް އަޅާ ތަނެއް ޕެޓްރޯލް އަޅާ ތަނެއް

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވިއްކާ ޕެޓްރޯލުން 1.53 ރުފިޔާ މިއަދުން ފެށިގެން ވަނީ ހެޔޮކޮށް، ޑީސަލުން ވަނީ 1.68 ރުފިޔާ އަގު ހެޔޮކޮށްފަ އެވެ. މި ބަދަލާ އެކު، ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ތެލުގެ މާކެޓަށް އަސަރު ވަނީ ބޮޑަށް ކޮށްފަ އެވެ. ގައުމުތަކުގައި ތެލަށް އޮތް ޑިމާންޑް ކުޑަވުމުން، ތެޔޮ އުފައްދާ ކުންފުނިތަކަށް ވަނީ އަގު ދަށްކުރަން މަޖްބޫރުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ވެދޭ އެހީއެއްގެ ގޮތުން، ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރަން ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ވެސް ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

މީގެއިތުރުން އެސްޓީއޯއިން ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް ޑީސަލްގެ އަގު ހެޔޮކޮށްފައިވެ އެވެ. މިއީ މި އަހަރުގެ ތެރޭ ޑީސަލްގެ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު
ކަރާ ފަޅާ
ޢެސްޓިއޯ އިންނެއް ނޫން އަގު ހެޔޮވީ. ދުނިޔޭގެ ބާޒަާރުގަ އަގު ދަޝަށް ދިޔައީ🤬