އެސްޓީއޯގެ އާންމު އަހަރީ ޖަލްސާ މި މަހު 30 ގައި

އެސްޓީއޯ އިން ކުރިން ބޭއްވި އާންމު އަހަރީ ޖަލްސާ އެސްޓީއޯ އިން ކުރިން ބޭއްވި އާންމު އަހަރީ ޖަލްސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އާންމު އަހަރީ ޖަލްސާ މި މަހު 30 ގައި ބާއްވަން ނިންމައިފި އެވެ. 

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އާންމު އަހަރީ ޖަލްސާ މި މަހު 30 ގެ ހަވީރު 4:00 ޖަހާއިރު އޮންނާނެ ކަމަށެވެ. އެ ޖަލްސާ ބާއްވަނީ ޓިމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށާއި އެސްޓީއޯގެ ހިއްސާދާރުންނަށް ދައުވަތު އަރުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޖަލްސާގައި ބޭއްވުމަށް ވަނީ ހާއްސަ ޕޯޓަލްއެއް ހަދައިފަ އެވެ. އަދި އެސްޓީއޯގެ ހިއްސާދާރުން އެ ޕޯޓަލްއަށް އޮންލައިން ކޮށް ރަޖިސްޓާވާން ޖެހެ އެވެ.

އެސްޓީއޯ އިން ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށެވެ. މި ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ އެވެ. އޭގެ އިތުރުން އެސްޓީއޯގެ ބޯޑަށް އާންމުންގެ ތެރެއިން ހޮވާ މެންބަރު އިންތިހާބު ކުރުން ވެސް އޮންނާނެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު