މޯލްޑިވް ގޭސްގައި އަލަށް ރަޖިސްޓަރވާ ކަސްޓަމަރުންނަށް ރަނުގެ ފުރުސަތެއް

މޯލްޑިވް ގޭސްގައި އަލަށް ރެޖިސްޓަރ ވާ ފަރާތަތަކަށް ޚާއްސަކޮށްގެން އެކުންފުނިން ޕްރޮމޯޝަނެއް ފަށައިފިއެވެ. 

"ފުޅި ހިލޭ" ގެ ނަމުގަައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި އަލަށް ރެޖިސްޓަރވާ ކޮންމެ ކަސްޓަމަރަކަށް ވެސް ލުއި ފުޅިއެއް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި ރެޖިސްޓަރ ވާ ކޮންމެ ކަސްޓަމަރަކަށް ވެސް ހަދިޔާ ލިބޭނެ ކަމަށާއި ހަދިޔާގެ ގޮތުގައި ލިބޭނީ ބަދިގޭގައި ބޭނުންކުރާ ސާމާނެއް ކަމަށް އެ ކުންފުނިން ބުނެއެވެ. 

މި ޕްރޮމޯޝަނާއެކު ރެޖިސްޓަރވާ ކޮންމެ ކަސްޓަމަރަކު ވެސް ދައްކަން ޖެހޭނީ ގޭސް އަށް ދައްކަން ޖެހޭ 200 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން ސްޓޮކް ހުސްވަންދެން ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އަލަށް ރެޖިސްޓަރ ވެލައްވަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ހޮޓްލައިން 1616 އަށް ގުޅައިގެން ރެޖިސްޓަރ ވެވޭނެއެވެ.  

މޯލްޑިވް ގޭސްގެ ލުއި ފުޅިއަކީ މިޒަމާނުގެ ބަދިގެތަކަށް ޚާއްސަ، ދަބަރު ނުޖަހާ، އުފުލާލަން ލުއި އަދި އެހާމެ ރައްކާތެރި ފުޅިއެކެވެ. އަދި މޯލްޑިވް ގޭސްއިން ވިއްކާ ގޭހަކީ މި ސަރަހައްދަށް ހާއްސަ، ތެއްޔަށް ދެލި ނާރާ، އަވަހަށް ހޫނު ކޮށްލާ އަދި ގިނަ ދުވަހު ކެއްކޭ ކޮލިޓީ ގޭހެކެވެ. 


ކިޔުންތެރިންގެ ހިޔާލު